މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2019/38    ނަންބަރު:

މަޤާމް:

އެސިސްޓަންޓް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-290938

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސިނީއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް،

ކ. މާލެ

މުސާރަ:

މަހަކު 7,035/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

-  މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް ނުވަތަ އެކައުންޓިންގ އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރެކޯޑްކުރެވިފައިހުރި ބަންދުކުރެވިފައިވާ އެކައުންޓްތަކުގެ މުއާމަލާތްތައް ރިކޮންސައިލްކުރުމާއި ކެރީފޯރވާޑް ކުރުން.
  2. ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ކްރިއޭޓްކުރެވިފައިވާ ޓްރަސްޓް ފަންޑްތައް ރިކޮންސައިލްކުރުމާއި ކެރީފޯރވާޑް ކުރުން.
  3. ދުވަހުން ދުވަހަށް ޕަބްލިކް ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އެސް.އޭ.ޕީ ސިސްޓަމަށް އަޕްލޯޑްކުރުމުގެ މަސައްކަތްކުރުން.
  4. ޖެނެރަލް ލެޖަރ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އޮފީސްތަކުން ފޮނުވާ ޖާރނަލް ވައުޗަރތައް އެސް.އޭ.ޕީ ސިސްޓަމަށް ޕޯސްޓްކުރަމުގެ މަސައްކަތްތައް ކުރުން.
  5. އެމް.އެމް.އޭ ގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކާއި އެހެނިހެން ބޭންކް އެކައުންޓްތަކުގެ ރިކޮންސިލިއޭޝަން ސްޓޭޓްމަންޓްތައް މަހުން މަހަށް ތައްޔާރުކުރަމުގެ މަސައްކަތްތައް ކުރުން.
  6. މަސައްކަތާއި ގުޅޭގޮތުން އަންނަ ސިޓީތަކަށް ޖަވާބުފޮނުވުން.
  1. ދައުލަތުގެ އަހަރީ މާލީ ބަޔާންތަކާއި ބައި އެނުއަލް/ކްއާރޓަރލީ/މަންތްލީ ހިސާބުތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  2. ދައުލަތުގެ މާލީ ބަޔާންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އޮފީސްތަކުންނާއި މިނިސްޓްރީ އޮފް ފިނޭންސްގެ އެހެނިހެން ޑިޕާރޓްމަންޓްތަކުން ހޯދުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  3. ދައުލަތުގެ މާލީ ބަޔާންތަކާއި ދައުލަތުގެ މަސްއޫލު އޮފީސްތަކާއި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރާނެގޮތުގެ ޕްރޮސީޖަރ މެނުއަލްތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  4. ބިޒްނަސް އިންޓެލިޖެންސް މޮޑިއުލްއިން މާލީ ރިޕޯޓްތަކުގެ ފޯމެޓް ޑިޒައިންކުރުމަށް އެހީތެރިވެދީ  މާލީ ބަޔާންތަކުގެ ފޯމެޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެހީތެރިވެދިނުން
  5. އެސް.އޭ.ޕީ.ގެ އެފް.އައި.ސީ.އޯ މޮޑިއުލް ޑިވެލޮޕްކުރުމަށް ކުރަންޖެހޭ މަސައްކަތް/ކޮންފިގަރޭޝަންގެ މަސައްކަތް ކުރުމަށް އެހީތެރިވެދީ އޮފީސްތަކަށް ލައިވް ކުރުމަށް  ކުރަންޖެހޭ މަސައްކަތް ކުރުން. މިގޮތުން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް އެފް.އައި.ސީ.އޯ މޮޑިއުލް ގެ ރޯލް އައުޓް ޕްލޭން ތައްޔާރުކޮށް އެޕްލޭން އާއި އެއްގޮތަށް މަސައްކަތް ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  6. އެފް.އައި.ސީ.އޯ މޮޑިއުލްގެ ޔޫސަރ މެނުއަލްއާއި މޮޑިއުލްއާއި ގުޅުންހުރި އެހެނިހެން ޑޮކިއުމަންޓްތައް ތައްޔާރުކޮށް، އެންޑް ޔޫސަރ ޓްރެއިނިންގ ކުރިއަށް ގެންދިއުމާއި ލައިވް ކުރެވިފައިވާ އޮފީސްތަކަށް ރިފްރެޝަރ ޓްރެއިނިންގ ހިންގުމުގެ ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭން އާއި އެއްގޮތަށް ޓްރެއިނިންތައް ހިންގުން.
  7. ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓް ޑިޕާރޓްމަންޓުގެ މަސައްކަތްތައް ރާވާ ހިންގުމުގައި ކުރަންޖެހޭ އެހެނިހެން  މަސައްކަތްތަކުގައި ބައިވެރިވުމާއި މިގޮތައް ކުރިން ދުރާލައި ދެނެގަންނަން އުދަގޫ މަސައްކަތްތަށް ރާވައި ހިންގުމުގައި އިސްވެރިންނާއިއެކު މަސައްކަތް ކުރުން

 

މަޤާމުގެ ޝަރުތުތައް:

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގެ މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

 

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. 8.    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %30

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް

- އިންޓަވިއު އަދި ޕްރެކްޓިކަލްއަށް %45

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ފެބްރުއަރީ 2019 ވާ (ބުދަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،     24 ފެބްރުއަރީ 2019 އާއި 07 މާރިޗް 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ   3349169,3349335,3349297,3349252ނަންބަރ ފޯނާއެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

12 ފެބުރުވަރީ 2019
ހޯދާ