ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބުރުވަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 110 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ކޮންމެ އަހަރަކު ފެބުރުވަރީމަހާއި، ޖުލައިމަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަން ވާނެކަމަށާއި، ފެބުރުވަރީ މަހުގައި ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރު ރިޕޯޓާއި، މާލީ ރިޕޯޓާއި، އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

        ވީމާ، މިއަހަރުގެ ފެބުރުވަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 2019 ފެބުރުވަރީ 22 ވާ ހުކުރު ދުވަހުގެރޭ 8:30 ގައި        ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ. މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ފ. ނިލަންދޫ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

11 ފެބުރުވަރީ 2019
ހޯދާ