ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑަ އަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ނުވަތަ އެޖެންޓުން ހޯދުން.

1. ބީލަން ކަރުދާސް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު:

1.1.މިމަޢުލޫމާތު ޝީޓުގައި ހިމެނޭ އެންމެހާ  ލިޔެކިޔުންތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ މަސްޢޫލިއްޔަތެކެވެ.

1.2.ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ.

1.3.ބީލަންހުޅުވުމަށްފަހު ބީލަމުގައި މައްސަލައެއްހުރިކަމަށް ފާހަގަކުރެވިގެން އަލުން އަނބުރާ ބީލަން ނުގެންދެވެނޭއެވެ.

1.4.ބީލަމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން، ވާދަވެރިކަން ގެއްލޭނެފަދަ ގޮތަކަށް ބީލަމުގައި ބައިވެރިވާ އެހެން ފަރާތާކައި ގުޅިގެން ނުވަތަ އެފަރާތުގެ އިރުޝާދާއި އެއްގޮތަށް އަގުތައް ހުށަހަޅައިގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެއަމަލު ހިންގުމުގައި ބައިވެރި ފަރާތް/ ފަރާތްތަކުގެ ބީލަން ބާތިލްކުރެވޭނެއެވެ.

2. މަސައްކަތުގެ ތަފްޞީލް:

2.1.ބީލަންކަރުދާހުގައި ދެވިފައިވާ މައުލޫމާތާއި އެއްގޮތަށް އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑަ އަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ނުވަތަ އެޖެންޓުން ހޯދުން.

2.2.އޭޖެންޓްގެ ގެ ގޮތުގައި ބަލައި ގަނެވޭނީ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރި ކުރުމަށް ހުއްދަލިބިފައިވާ ފަރާތްތަކާއި، އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަލިބިފައިވާ ފަރާތްތަކަށެވެ.   

2.3.މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން މާލޭގައި ކާޑު ވިއްކުމަށް ކަނޑަ އަޅާފައިވާ އަގުތައް:

ކާޑުގެ ބާވަތް

އެސްޓީއޯ ހޯލްސޭލް ރޭޓް  (ކިލޯއަކަށް ޖެހޭ އަގު)

ވިޔަފާރި ޙަރަދާއި ފައިދާ (އިކޮނޮމިކް މިނިސްޓްރީއިން ކަނޑަ އަޅާފައިވާ ރޭޓް/ ކިލޯއަކަށް ޖެހޭ އަގު) 

މާލޭގައި ވިއްކޭނެ އަގު (ކިލޯއަކަށް ޖެހޭ އަގު)

ހަނޑޫ

3.98 ރ

0.82 ރ

4.80 ރ

ހަކުރު

4.00 ރ

0.82 ރ

4.82 ރ

ފުއް

2.98 ރ

0.82 ރ

3.80 ރ

2.4.މާލޭގެ އަގުގައި ރަށްރަށުން ކާޑު ވިއްކުމަށް ކުރާ ޚަރަދު، އެޖެންޓް ފީ (އެސްޓީއޯ ގުދަނުން ނަގައިގެން ބޯޓްފަހަރަށް ގެންދިއުމަށް ދާޙަރަދާއި ރަށްރަށަށް ގެންދިއުމަށް ދާ ނާލު) އެއްގެ ގޮތުގައި ދެވޭނެއެވެ.

2.5.މިމަސައްކަތް ކުރުމަށްޓަކައި އެސްޓީއޯއިން ގަސްތު ކުރަނީ ކޮންމެ ރަށެއްގައި ވެސް އެސްޓީއޯގެ އޭޖެންޓުން ބޭތިއްބުމަށެވެ. އަދި އެރަށެއްގެ އޭޖެންޓްގެ އަދަދު ކަނޑައެޅާނީ އެރަށެއްގެ  އާބާދީއަށް ބެލުމަށްފަހުގައެވެ.

2.6.މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ އަގަކީ އާއްމު އުސޫލެއްގެ މަތިން އެރަށަކަށް ކާޑު ބަސްތާއެއް މާލެއިން ގެންގޮސް ވިޔަފާރި އުސޫލުން ކުރާފަރާތުން ކުރެވޭނެ އެންމެ ހޮޔޮއަގު ކަމުގައި ވާންވާނެއެވެ. ނަމަވެސް ހުށަހަޅާ އަގަކީ މާކެޓް ރޭޓަށް ވުރެ ބޮޑު އަގެއްކަމަށް އެސްޓީއޯ އަށް ފާހަގަ ވެއްޖެނަމަ، އަގު ކުޑަކުރުމަށް ބީލަން ހުށަހަޅާ ފަރާތާއިއެކު މަސްވާރާކުރެވި ދެފަރާތުން އެއްބަސްވާ އަގެއްގައި އެކަން ކުރަން ނިންމިދާނެއެވެ.

2.7.އެންމެ ކުޑަ އެޖެންޓްފީއެއް ހުށަހަޅާ ފަރާތާއި އެކީ އެއްބަސްވެ އެޖެންޓް އެގްރީމަންޓް ސޮއިކުރުމަށްފަހު، ކާޑު ގަންނަފަރާތުން އެސްޓީއޯގުދަނުން ކާޑު ގަންނަ ވަގުތު ބިލުގެ އަދަދުން ބަސްތާއަކަށްޖެހޭ އެޖެންޓްފީ އަށްވާ އަދަދު ކަނޑާލެވޭނެއެވެ. 

މިސާލު: ވިއްކާއަގުން އެޖެންޓްފީ ކަނޑާ ގޮތުގެ މައުލޫމާތު (މިސާލަކަށް ހއ އަތޮޅުގެ ރަށެއްނަމަ):

(މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑައަޅާފައިވާ ރޭޓް ބޭނުންކޮށްގެން)

 

ކާޑުގެ ބާވަތް

އެސްޓީއޯ ހޯލްސޭލް ކުރާ ރޭޓް  (ބަސްތާއަކަށް ވާ އަގު)

މާލޭ މަޖޫރީ އަދި ނާލު ހަރަދު (ބަސްތާއަކަށް ވާ އަގު)

އެސްޓީއޯ އިން އޭޖަންޓަށް ވިއްކޭނެ އަގު (ބަސްތާއަކަށް ވާ އަގު)

ވިޔަފާރި ޙަރަދާއި ފައިދާ (އިކޮނޮމިކް މިނިސްޓްރީއިން ކަނޑަ އަޅާފައިވާ ރޭޓް/ ބަސްތާއަކަށް) 

މާލޭގައި ކާޑު ވިއްކަންޖެހޭ އަގު (ބަސްތާއަކަށް)

ހަނޑޫ

199 ރ

45ރ

154 ރ

41 ރ

240 ރ

ހަކުރު

200 ރ

45 ރ

155 ރ

41 ރ

241 ރ

ފުއް

149 ރ

45 ރ

104 ރ

41 ރ

190 ރ

މަތީގައިވާ ޓޭބަލްގައި އެވަނީ ހއ. އަތޮޅަށް ދެވިފައިވާ މިސާލެކެވެ. މިސާލު: އެސްޓީއޯ އިން ހަނޑޫ ބަސްތާއެއް ހޯލް ސޭލް ކުރާ ރޭޓަކީ 199ރ އެވެ. އަދި ހއ އަތޮޅުގެ ރަށަކަށް ގެންދަން މާލޭ މަޖޫރީ އަދި ނާލު ފީއަކީ 45ރ ކަމަށް ވާނަމަ އެސްޓީއޯއިން އެޖެންޓަކަށް ބަސްތާއެއް ވިއްކާނެ އަގަކީ 154ރ (އެޖެންޓް ފީ 45ރ ކޮންމެ ބަސްތާއަކުން އުނިކުރުމަށްފަހު) އެެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ވިޔަފާރި ޚަރަދާއި ފައިދާ އަކީ ބަސްތާއަކަށް 41 ރުފިޔާއެވެ. އަދި މާލެގެ ފިހާރަ ތަކުގައި ހަޑޫ ވިއްކަންޖެހޭނެ ރޭޓަކީ 240ރ އަށް ބަސްތާއެކެވެ. އެއީ އެސްޓީއޯގެ ކާޑު ގުދަނުން 199ރ އަށް ބަސްތާ ގަތުމަށްފަހު އިކޮނޮމިކް މިނިސްޓްރީ އިން މާލެ ސަރަހައްދަށް ކަނޑައަޅާފައިވާ ވިޔަފާރި ޚަރަދާއި ފައިދާ 41ރ އިތުރުކުރުމަށް ފަހުގައެވެ.

3. ބީލަމުގެ ޝަރުތުތައް:        

3.1.އަގުހުށަޅަންވާނީ ދިވެހި ރުފިޔާއިން ބަސްތާއަކަށް ޖެހޭ ރޭޓުންނެވެ.

3.2.އަގު ހުށަހަޅަންވާނީ އެރަށަކަށް ބޭނުންވާ ކާޑު މާލެއިން ގަނެގެން އެރަށެއްގައި ވިއްކުމަށް ދާޙަރަދު (އެޖެންޓްފީ)  އެނެކްސް 1 ގައިވާ އަގު ޝީޓް އާއި އެއްގޮތަށެވެ.

3.3.އެޖެންޓުންގެ ގޮތުގައި ހޮވޭފަރާތުން މަހެއްގެ މައްޗަށް އެރަށަކަށް ކާޑު ގެންދިއުމަށް އަންދާސާ އަދަދު އެސްޓީއޯ އާއި ޙިއްސާކުރަންވާނެއެވެ.

3.4.މަދުވެގެން 45 ދުވަހުގެ މުއްދަތަށް ބީލަމުގެ ސައްޙަކަން އޮންނަންވާނެއެވެ.

3.5.އެއްވެސް ފަރާތަކަށް އެއްބީލަމަށްވުރެ ގިނަބީލަމެއް އެއްރަށަކަށް ހުށައެއްނޭޅޭނެއެވެ.

4. ބީލަން ކަރުދާހުގައި ހިމަނަންޖެހޭ މައުލޫމާތު / ލިއުންތައް:

4.1.މީރާގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއް ނަމަ އެކަން އަންގައިދޭ ލިޔުން އަދި ޖީ.އެސް.ޓީ ދައްކަން ޖެހޭ ފަރާތެއް ނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

4.2.އަގުޝީޓް (އެނެކްސް 1 އާއި އެއްގޮތަށް)

4.3.ބީލަން ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ (ސޯލް ޕްރޮޕްރައިޓަރޝިޕް) ނުވަތަ ވިޔަފާރި އެއްކުރާ ފަރާތެއްނަމަ:

  • އައި.ޑީ.ކާޑް ކޮޕީ
  • ވިޔަފާރި ކުރުމުގެ ހުއްދަ ނުވަތަ ސޯލް ޕްރޮޕްރައިޓަރޝިޕް ގެ ދަށުން ރަޖިސްޓަރ ކޮށްފައިވާ ފަރާތެއްނަމަ ރަޖިސްޓްރޭޝަން ކޮޕީ

4.4.ބީލަން ހުށަހަޅަނީ ކުންފުންޏެއްނަމަ:

  • ކުންފުނީގެ ރަޖިސްޓްރޭޝަންކޮޕީ
  • ކުންފުނީގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ
  • ޕަވާރ އޮޕް އެޓާރނީ
  • ކުންފުނީގެ އަސާސީ ޤަވައިދު ގެ ކޮޕީ

 5. ރަށް ރަށުގައި ކާޑު ވިއްކާ އެޖެންޓްގެ މައިގަނޑު ޝަރުތުތައް / ޒިންމާތައް

5.1.ކާޑު ވިއްކަން އެއްބަސްވެފައިވާ ގޮތަށް މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑަ އަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ކާޑު ވިއްކައިގެން ނުވާނެއެވެ.

5.2.ކޮންމެ މަހަކަށް އެރަށެއްގައި ވިއްކުމަށް އަންދާޒާ ކުރާ އަދަދު އެސްޓީއޯ އާއިއެކު ޙިއްސާ ކުރަންވާނެއެވެ.

5.3.ކާޑު އުފުލުމުގައި ނުވަތަ ކަމާލު ކުރުމުގައި ޢަމަލުކުރަންވާނީ މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އާއި އެސްޓީއޯއިން ކަނޑައަޅާ ހެލްތް އެންޑް ސޭފްޓީ މިންގަނޑާއި އެއްގޮތްވާގޮތުގެ މަތިންނެވެ. 

 6.ބީލަންކަރުދާހަށް މާކްސްދިނުމުގައި ބެލޭނެ މިންގަޑުތައް

6.1.ހުށަހަޅާ އަގަށް: 100 މާރކްސް (ކުޑައަގެއް ހުށަހަޅާ ފަރާތަށް ގިނައިން މާކްސް ލިބޭނެއެވެ. މާރކްސް ދެވޭނީ ޕްރޯރާޓާ ކޮށެވެ)

6.2.މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށަކަށް ވަކި ވަކިންނެވެ.

6.3.އަގުހުށަހަޅަންވާނީ ދީފައިވާ އަގު ޝީޓާއި (އެނެކްސް 1) އެއްގޮތަށެވެ..

7.ރަޖިސްޓްރީ ކުރުން

7.1.ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2019 ފެބްރުއަރީ 17 ވާ އާދިއްތަ ވަހު 1400 ގެ ކުރިން އެރަށެއްގައި ހުންނަ އެސްޓީއޯ ބޭސްފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

8. މައުލޫމާތު ދިނުން

8.1.ބީލަންކަރުދާހާއި ބެހޭ މަޢުލޫމާތު ހޯދުމަށް 2019 ފެބްރުއަރީ 11 ވަނަ ދުވަހު ގެ 14:30 އިން ފެށިގެން 2019 ފެބްރުއަރީ 20 ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް، ނަންބަރު 7962788 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

9. ބީލަން ކަރުދާސް ހުށަހެޅުން:

9.1.ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ފެބްރުއަރީ 21 ވާ ބުރާސްފަތި ދުވަހު 14:30 އަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

9.2.ބީލަން ހުށަހަޅާނީ އެރަށެއްގައި ހުންނަ އެސްޓީއޯ ބޭސްފިހާރައަށެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ފޮނުވަންވާނެއެވެ.

އެނެކްސް 1 އެޖެންޓް ފީ  (އަގު ޝީޓް)

އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑަ އަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކާދިނުމުގެ އެޖެންޓް ފީ

ތަފްސީލް

ބަސްތާއަކަށް ވާ އަގު/ދިވެހި ރުފިޔާއިން

އެސްޓީއޯ ކާޑު ގުދަނުން ދޯންޔާއި ހަމައަށް ގެންދިއުމަށް ހިނގާނެ ޚަރަދު (މާލެ މަޖޫރީ ފީ)

 

ނާލު ޚަރަދު

 

ޖުމްލަ އަގު (މާލެ މަޖޫރީ އަދި ނާލު)

 

 

ހުށަހަޅާ ފަރާތް/ކުންފުނީގެ މަޢުލޫމާތު

ސޮއި:

ތާރީހް:

ހުށަހަޅާ ފަރާތް/ކުންފުނީގެ ނަން:

ފޯނު ނަންބަރ:

11 ފެބުރުވަރީ 2019
ހޯދާ