އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ގުދަނެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަހައްދީ ގޮފީގެ ގޯތިތެރޭގައި ގުދަނެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހު 11:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވެލައްވާ ފަރާތްތައް ނުވަތަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވެލައްވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

11 ފެބުރުވަރީ 2019
ހޯދާ