މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
5 ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމު ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތުު

1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތައް ބީލަން ހުށަހަޅާއިރު ވަކިވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓުތަކަށްވެސް އަގު ހުށަހެޅިދާނެއެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ ޢަދަދު

TES/2019/W-030

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ކޮންސްޓްރަކްޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީޒް އިން ހދ. ކުރިނބީ.

150،000.00ރ

TES/2019/W-027

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ކޮންސްޓްރަކްޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީޒް އިން
 ށ.ކޮމަންޑޫ

150،000.00ރ

TES/2019/W-028

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ކޮންސްޓްރަކްޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީޒް އިން ރ.އަނގޮޅިތީމު

150،000.00ރ

TES/2019/W-029

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ކޮންސްޓްރަކްޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީޒް އިން ރ.ވާދޫ

150،000.00ރ

TES/2019/W-026

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ކޮންސްޓްރަކްޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީޒް އިން ތ.ކަނޑޫދޫ

150،000.00ރ

3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދުގައިވާ "ސިންގަލް ސްޓޭޖް ޓޫ އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

5. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1,500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ ޔޫއެސް.ޑީ 100.00ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 15 ފެބުރުވަރީ 2019 އިން 21 މާރިޗު 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ.

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  15 ފެބުރުވަރީ 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

7. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

8. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

9. ބީލަން ހުޅުވުން އޮންނާނީ 2019 މާރިޗު 24 ވާ އާދިއްތަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކަށް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަޙްމަދު މުޖުތަބާ،

ޗީފް ޕްރޮކިޔުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3349104 , 3349296

އީ މެއިލް:.ahmed.jinah@finance.gov.mv

ކޮޕީ:  tender@finance.gov.mv

11 ފެބުރުވަރީ 2019
ހޯދާ