ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޯޓު އެޑްމިނިސްޓްރޭޓަރ (ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 21 /198A/2019 

ތާރީޚް: 11 ފެބްރުވަރީ 2019

މަޤާމު

ކޯޓް އެޑްމިނިސްޓްރޭޓަރ

ރޭންކް: އީ.އެކްސް 1

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

 -/8,835 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް: -/2000 (ދެހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ -/3092.25 ( އަސާސީ މުސާރައިގެ %35 )

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

 

 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8،7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6،5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު،މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޟިލްކނޮށްފައިވުމާއެކު މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން، ނުވަތަ

5- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، 4 MS ރޭންކުގައި، މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ

6- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، MS3 ރޭންކުގައި، މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ

7- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، MS2 ރޭންކުގައި، މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ

8- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، EX1 ރޭންކުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

 އިދާރީ މަސްއޫލިއްޔަތު:

1- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާ ކަމާއެކު ކޯޓުތަކުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ދޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެ ޚިދުމަތްތައް އެއްގޮތްކޮށް ރާވައި ހިންގައި ބެލެހެއްޓުން.

2-  ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އެންމެހާ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މެދުގައި ޚިދުމަތް ދިނުމުގެ ރޫޙު އުފައްދައި ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން

4- ޖުޑީޝަލް ދާއިރާގެ ކޯޓުތަކަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ނުވަތަ ކުރިމަތިވާ ޙާލަތްތަކަށް ނިޔާކުރާގޮތުން ދަތުރުތައްކޮށް އެކޯޓުތަކުގެ އިދާރީ ހިންގުން ސުޕަވައިޒްކޮށް، ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ އިރުޝާދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5-  ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝނުގެ މަޝްވަރާގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.

6- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެއް އުޞޫލަކުން އެ ޚިދްމަތް ފަސޭހަ ކަމާއެކު، ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން.

7- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުން ރެކޯޑް ސާފުކޮށްދޭންޖެހޭ ފަރާތްތަކުގެ ރެކޯޑު ސާފުކޮށް ދިނުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް އަވަސްގޮތެއްގައި ހިންގައި ބެލެހެއްޓުން.

8- ޖުޑީޝަލް ދާއިރާގެ ކޯޓުތައް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.

9- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި ތައްޔާރުކުރަންޖެހޭ އަހަރީ ރިޕޯޓާއި، ފައިސާގެ ރިޕޯޓާއި، ތަފާސް ހިސާބުގެ ރިޕޯޓުތައް މޮނިޓަރ ކުރުމާއި، އަދި މިނޫންވެސް ޝަރުޢީދާއިރާގެ ބޭނުމަށް ފޮނުވަންޖެހޭ އެންމެހާ ރިޕޯޓުތައް ދާއިރާގެ ކޯޓުތަކުން ހޯދައި، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.

10- ޝަރުޢީދާއިރާގެ ސްޓްރެޓިޖިކް ޕްލޭނާއި، އަހަރީ  އެކްޓިވިޓީ ކަލަންޑަރާއި ޗުއްޓީ ކަލަންޑަރު އެކުލަވާލުމަށް ކޯޓުތަކުން ބޭނުންވާ މަޢުލޫމާތު ހޯދައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.

11- ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

 ހިއުމަން ރިސޯސް ދާއިރާއިން ކުރަންޖެހޭ މަސައްކަތް:

 1. ޖުޑީޝަލް ދާއިރާގެ މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ކުރިޔަށް ގެންދިއުމާއި، އަދި އެކަމަށް ބޭނުންވާ މަޝްވަރާ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދިނުން.
 2. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، އިސްލާޙީ ފިޔަވަޅު އެޅުންފަދަ ކަންތައްތައް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުން.
 3. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންގެ ހާޟިރީއާ ގުޅޭ ރިޕޯޓުތައް މަހުން މަހަށް ބަލައި ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޝްވަރާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
 4. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ މުވައްޒަފަކާއި ދޭތެރޭ އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ ޙާލަތްތަކުގައި ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓާއި އެ ކޯޓާކާއި ޙަވާލުވެ ހުންނަވާ މެޖިސްޓްރޭޓުގެ ލަފާގެ ދަށުން އިޞްލާޙީ ފިޔަވަޅު އެޅުމާއި، އެކަންކަމާއި ބެހޭ ރެކޯޑުތައް ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހެމަޖެއްސުން.
 5. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މި ނޫނަސް މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގައިވާ ގޮތުގެމަތިން އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުން.
 6. ޖުޑީޝަލް ދާއިރާގެ ވަޒީފާތަކަށް މީހުން ނެގުމަށް ބާއްވާ އިންޓަވިއުތަކުގައި ބައިވެރިވުމުގައި އެކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ ހުރިހާ މަސައްކަތެއް ހިންގާ ބެލެހެއްޓުން.
 7. ދާއިރާގެ ކޯޓުތަކަށް އަލަށް ވަޒީފާ ހަމަޖެއްސޭ ފަރާތްތަކަށް ބޭނުންވާ އިންޑަކްޝަން ޕްރޮގްރާމްތައް ހިންގުން.

 ފައިސާއާ ބެހޭ ކަންތައްތައް: 

 1. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އިންވެންޓްރީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓައި އިންވެންޓްރީއަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ޤަވާއިދުން ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
 2. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ސްޓޮކާއި ފައިސާއާއި ބެހޭ އެންމެހާ ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުމާއި، ޤަވާޢިދާއި އެއްގޮތަށް ކޯޓުތަކުގައި ހިސާބުތައް ބަލަހައްޓާކަން ކަށަވަރުކުރުން.
 3. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އަހަރީ ބަޖެޓް ތައްޔާރުކުމަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
 4.  ޖުޑީޝަލް ދާއިރާގެ ކޯޓުތަކަށް ދައްކަންޖެހޭ އާމްދަނީ ފައިސާގެ ތެރެއިން ކަނޑައެޅިފައިވާ ގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާއި ބެހޭ މަޢުލޫމާތު ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި އެފަދަ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
 5. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ޚަރަދާއި އާމްދަނީގެ ރިޕޯޓު ފޮނުވަންޖެހޭ ތާރީޚުތަކަށް ފޮނުވުމާއި ބޭންކު ބާކީކޮށް ރިކޮންސައިލްކުރުން
 6. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ފައިސާއާބެހޭ އެހެނިހެން ކަންތައްތައް މާލިއްޔަތާ ބެހޭ ޤަވާޢިދުގައިވާ ގޮތުގެމަތިން އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުން.

 ޢިމާރާތް މަރާމާތު ކުރުމާއި ބެލެހެއްޓުން.

 1. ކޮންމެ އަހަރެއްގެ ޖޫން މަސް ނިމުމުގެ ކުރިން ކުރިއަށް އޮތް އަހަރަށް މަރާމާތުކުރުމަށް ބޭނުންވާ ކޯޓުތައް ބަލައި، އެކަމަށް ހިނގާނެ ޚަރަދު ލަފާކޮށް" ކޯޓުގެ މަރާމާތު ރިޕޯޓު" ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަަނަށް ހުށަހެޅުން.
 2. ކޮންމެ އަހަރެއް ފެށުމާއެކު އެކޯޓަށް ހަމަޖެހިފައިވާ ފައިސާއިން އަހަރީ ކަލަންޑަރާ އެއްގޮތަށް ކޯޓުގެ މަރާމާތާއި،އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
 3. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި ހިނގަމުންދާ މަރާމާތުތައް ހިނގާނުހިނގާ ގޮތް ސުޕަވައިޒުކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ކަމާ ގުޅޭ ރިޕޯޓު ފޮނުވަމުން ގެންދިއުން.

 ޕްރޮކިއުމަންޓް ބެލެހެއްޓުން:

 1. ޖުޑީޝަލް ދާއިރާގެ ކޯޓުތަކަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވަން ކަނޑައަޅާ ތަކެތި އެދާއިރާއަކަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސައި އެތަކެތި ކަނޑައެޅިފައިވާ އުޞޫލުން ކޯޓުތަކަށް ރައްދުކުރުން.
 2. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުން މަރާމާތު ކުރަންޖެހޭ މެޝިނަރީފަދަ ތަކެތީގެ ތެރެއިން އެދާއިރާއިން މަރާމާތު ނުކުރެވޭ ތަކެތި މާލެ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުން.
 3. ޖުޑީޝަލް ދާއިރާގެ ކޯޓުތަކަށް ބޭނުންވާ ހަރުމުދާ ކޯޓުތަކުގެ މަޝްވަރާގެ މަތިން، އިސްކަންދޭ ތަރުތީބު ކަނޑައަޅައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.

 އިންފޮރމޭޝަން ޓެކްނޮލެޖީގެ ރޮނގުން ކުރަންޖެހޭ މަސައްކަތްތައް:

ދާއިރާގެ ކޯޓުތަކުގެ އިންފޮރމޭޝަން ޓެކްނޮލެޖީ އިންފްރާސްޓްރަކްޗަރ ސުޕަވައިޒު ކުރުމާއި މިކަމަށް ބޭނުންވާ ލަފާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދިނުން.

   މެމްސް ގާއިމުކުރެވިފައިވާ ކޯޓުތަކުގައި:

 1. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މެޖިސްޓްރޭޓުންގެ ލަފާގެ މަތިން މުވައްޒަފުންނާއި ވެރިންގެ އިތުރުގަޑި އަދި ޗުއްޓީ އެޕްރޫވް ކުރާނެ ފަރާތްތައް ކަނޑައެޅުން.
 2. ކޮންމެ މީލާދީ މަހަކަށް ޤަވާޢިދުން ޑިއުޓީ ރޯސްޓާރ ހެއްދުން.
 3. ކޯޓުގެ މުވައްޒަފުންގެ ޗުއްޓީ އަދި ސަލާމުގެ ބެލެންސް އެޓޭޗް ކުރުވުން.
 4. މުވައްޒަފުން ޗުއްޓީއަށް އަދި ސަލާމަށް ރިކްއެސްޓް ކޮށް ޗުއްޓީ ޗިޓް ތައްޔާރުކުރަނީ މެމްސްއިންތޯ ބެލުން.
 5. މުވައްޒަފުން ޤަވާޢިދުން އެޓެންޑެންސް މެޝިން ބޭނުންކުރޭތޯ ބެލުން.
 6. ޑޭޓާ އެންޓްރީ މައްސަލަތައް ދުވަހުން ދުވަހަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އައިޓީ ސެކްޝަނަށް މެއިލްކޮށް ޙައްލު ކުރޭތޯ ބެލުން.
 7. ދުވަސްވީ ވަރި/ކައިވެނީގެ ރެކޯޑްސް ޤަވާޢިދުން މެމްސްއަށް އެންޓަރކުރަމުންދޭތޯ ބެލުމާއި ވައިޓަލް ސްޓެޓިސްޓިކްސްގެ ރިކޯޑުތައް ދުވަހުން ދުވަހަށް ބެލެހެއްޓުން
 8. މެއިލް މެނޭޖްމަންޓް މޮޑިއުލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ތަނަށް ވަންނަ ހުރިހާ ލިޔެ ކިޔުންތައް މެމްސްއިން ބަރާބަރަށް އެންޓަރ ކުރެވޭތޯ އާއި، އަދި ބޭރުވާ ލިޔުންތަކުގައި މެމްސްއިން ނަންބަރު ޖަހާތޯ ބެލުމާއި ޤަވާޢިދުން ފިޔަވަޅު އަޅައި މައްސަލަތައް ނިންމުން.

 

 ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ    އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 ސުންގަޑި

20 ފެބްރުވަރީ 2019 ވާ ބުދަ ދުވަހުގެ 13.30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

 އިތުރު މަޢުލޫމާތު

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:6862667/3006281
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • މިމަޤާމުގެ އިންޓަރވިއު މާރިޗު މަހުގެ ފުރަތަ ހަފްތާގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ވަޒީފާއަށް ކުރިމަތިލައްވާ ހުރިހާ ބޭފުޅުންވެސް އެމުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވެވޭގޮތަށް ތިއްބެވުމަށް ދެންނެވީމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޯޓް އެޑްމިނިސްޓްރޭޓަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

 • ލިބިފައިވާ ތައުލީމް: 40 ޕަސެންޓް
 • މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓް
 • މަސައްކަތަށް ބޭނުންވާ ހުނަރަށް: 40 ޕަސެންޓް
 • އިންޓަރވިއު: 12 ޕަސެންޓް

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
 • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
 • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
 • ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
 • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
 • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
 • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
 • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.  
 • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

11 ފެބުރުވަރީ 2019
ހޯދާ