ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓާއި ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 20198-A/2019/   

ތާރީޚް: 11 ފެބުރުވަރީ 2019

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް: އެމް.އެސް 1

ޢަދަދު

01

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް

ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/5610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/1,122 (އަސާސީ މުސާރައިގެ %20)

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. 

އަސާސީ ޝަރުޠު

 1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ
 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު، GS 4 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

 

 • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ ނެޓްވަރކްތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
 • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޕްރިންޓަރތަކާއި، އައިޓީއާ ގުޅޭ އެހެނިހެން ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމާއި، ޙައްލުނުކުރެވޭވަރުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
 • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފޯލްޑަރ ސްޓަރަކްޗަރތައް އެއްގޮތަކަށް ބެހެއްޓުމަށްޓަކައި ދޭތެރެދޭތެރެއިން ޗެކްކޮށް ބެލެހެއްޓުން.
 • މޯލްޑިވްސް އީ.ކޯޓް މެނޭޖުމަންޓް ސިސްޓަމް(މެމްސް)އާއި، ގަވަރމަންޓް އިލެކްޓްރޯނިކް މެއިލް މެނޭޖްމަންޓް ސިސްޓަމް(ޖެމްސް)އާގުޅޭ ތަމްރީން ހޯދުމަށްފަހު، އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މިދެސިސްޓަމްގެ ބޭނުންކުރެވޭ ކޯޓުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމާއި، ދިމާވާ މައްސަލަތަކުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
 • އަތޮޅުގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ކޯޓުތަކުގައި ބޭނުންކުރާ އައި.ޓީ ތަކެއްޗާއި، ސޮފްޓްވެއަރތައް ބޭނުންކުރުމުގެ މަޢުލޫމާތުދީ އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވުން.
 • ކޯޓުގެ ފައިލް ސަރވަރ ބެކަޕް ނެގުން އަދި އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ ފައިލް ސަރވަރ ބެކަޕް ނެގުން އަދި އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ ފައިލް ސަރވަރ ބެކަޕް ނަގާކަން ކަށަވަރުކުރުން.
 • ކޯޓުންކުރާ ޙުކުމްތަކާއި، ޢަމުރުތައް ޢާންމުކުރުމަށްޓަކައި ކަނޑައެޅިފައިވާ އުޞޫލުން އެކަން ކުރުން.
 • ކޯޓް އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްމަތިން ކޯޓާއި، އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ މަރާމާތު މަސައްކަތްތައް ކުރުމަށްޓަކައި އިޢުލާން ކުރުމާއި، މަޢުލޫމާތު ތައްޔާރު ކުރުމާއި، ކަމާގުޅޭ އެހެނިހެން އިދާރާ މަސައްކަތްތައް ކުރުން.
 • މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ޤާނޫނާއި ޤާވާޢިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތް ކުރުމާއި، ކޯޓުން ރާވާ އަދި ހިންގާ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.

 

 

ހުށަހަޅަންޖެހޭ ތަކެތި

 

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2019 ފެބުރުވަރީ 20 ވާ ބުދަ ދުވަހުގެ  13:30ގެކުރިން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މަޤާމުގެ އެޕްލިކޭޝަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މަޤާމުގެ އެޕްލިކޭޝަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

 • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ކ.ތުލުސްދޫ އަދި ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުން އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް:

    - މި ޑިޕާޓްމަންޓަށް ގުޅޭނެ ނަންބަރު:3006280 / 3006276

    - ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ގުޅޭނެ ނަންބަރު: 6640343

    - ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ގުޅޭނެ ނަންބަރު: 6700694

 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 • މިމަޤާމުގެ އިންޓަރވިއު މާރިޗު މަހުގެ ފުރަތަ ހަފްތާގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ވަޒީފާއަށް ކުރިމަތިލައްވާ ހުރިހާ ބޭފުޅުންވެސް އެމުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވެވޭގޮތަށް ތިއްބެވުމަށް ދެންނެވީމެވެ.
 • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިއުޓަރ ޓެކްނީޝަން މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

 • ލިބިފައިވާ ތައުލީމް: %40
 • މަސައްކަތުގެ ތަޖްރިބާ: %8
 • އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް : %40
 • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި، ޕަރފޯމެންސަށް: % 12

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
 • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
 • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
 • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
 • ASP.NET އާއި MVC framework ގައި މަސައްކަތްކުރަން އެނގޭ، CCNA ހާސިލްކޮށްފައިވާ ފަރާތްތަކަށްވުން.
 • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ލީޑަރޝިފް ދައްކާ، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
 • މަސައްކަތާއި ގުޅޭގޮތުން ދާއިރާގެ ކޯޓުތަކަށް ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
 • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
11 ފެބުރުވަރީ 2019
ހޯދާ