މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާނެ ރާއްޖޭން ބޭރުގެ ޙާފިޡުންނަށް ހުއްދަ ދިނުމާބެހޭ

 

އިޢުލާން

 1440 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރައްވާނެ ރާއްޖޭންބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމަށް ހުއްދައަށް އެދޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު "ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކޮށް 2019 އެޕްރީލް 15 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މި މިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރައްވާނަމަ ރަށު ކައުންސިލުގެ އިދާރާއަށް އައްޑޫ ސިޓީއާއި ފުވައްމުލަކުސިޓީގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރައްވާނަމަ އެ ސިޓީއެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމް މި މިނިސްޓްރީ އާއި އަދި ސިޓީ ތަކުގެ މި މިނިސްޓްރީގެ ޔުނިޓް ތަކުންނާއި ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.  

އަދި ދަންނަވަމެވެ. ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރައްވާ ފަރާތްތަކަށް އެލަވަންސް ފައިސާ ދެވޭނީ ރަމަޟާން މަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގެ 3 ވަނަ ނަންބަރުގެ (ށ) ގައިވާ ގޮތުގެމަތިން އާބާދީގެ ނިސްބަތުންނެވެ. މިގޮތުން ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/200 (ދުއިސައްތަ) ރުފިޔާގެ މަގުން ފައިސާގެ އެލަވަންސެއް ދެވޭނެވެ. އަދި މާލެއާއި އަތޮޅުތަކުން އެލަވަންސް ހޯއްދެވުމަށް އެދި މި މިނިސްޓްރީ އަށް ހުށަހެޅުއްވޭނެ އެންމެ ފަހު ތާރީޚަކީ 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ނިޔަލަށް ކަމުގައިވެސް ދަންނަވަމެވެ.

ވީމާ 1440 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރައްވާނެ ރާއްޖޭންބޭރުގެ ޙާފިޡުން ހޯދުމަށް "ދިވެހި ސަރުކާރުގެ ގެޒެޓް ގެ ވޮލިއުމް: 47  އަދަދު: 59 ތާރީޚް 16 އެޕްރީލް 2018 ހޯމަ"ގެޒެޓު ކުރެވިފައިވާ އުސޫލު ގައިވާ ގޮތުގެ މަތިން ރާއްޖޭންބޭރުން ޙާފިޡުން ގެންނެވުމަށް ކަންކަން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ. އަދި 1440 ވަނަ އަހަރު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ރާއްޖެއިން ބޭރުގެ ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި އުސޫލު މި ނޯޓާއެކު ފޮނުވި ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭން ބޭރު ގައުމު ތަކުގެ ފަރާތްތަކަށް ރާއްޖޭގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގެ ޤުރުއާން ކްލާސްތަކުގައި މަސައްކަތް ކުރައްވާ އަދި ޙާފިޡު ކަމުގެ ސެޓްފިކެޓް ލިބިފައިވާ  ފަރާތްތަކަށެވެ. މި އުޞޫލާ ޚިލާފަށް ހުށަހަޅުއްވާ ފޯމުތަކަށް ޢަމަލުކުރެވެން ނޯންނާނެ ވާހަކަ ވެސް ދެންނެވީމެވެ.

 18 ޖުމާދަލްއާޚިރާ 1440

 

11 ފެބުރުވަރީ 2019
ހޯދާ