ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފައިނޭންސް އެގްޒެކެޓިވް

ވަޒީފާގެ ފުރުސަތު 

 ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.                                           

މަޤާމު:

ފައިނޭންސް އެގްޒެކެޓިވް

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

މަހަކު 10،000.00 ރުފިޔާ

އެލަވަންސް:

1. ސާރވިސް އެލަވަންސް: މަހަކު 3,480.00 ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 135.00 ރުފިޔާ

3. ޕްރޮފެޝަނަލް އެލަވަންސް: މަހަކު 4,000.00 ރުފިޔާ

4. ފޯން އެލަވަންސް: މަހަކު 300.00 ރުފިޔާ

5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

ރޭންކް

SM

މަޤާމުގެ ޝަރްޠުތައް:

 1. އެކައުންޓިންގ / ފައިނޭންސް ދާއިރާއިން ލެވެލް 8/7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވުން.

ނުވަތަ

 1. އެކައުންޓިންގ / ފައިނޭންސް ދާއިރާއިން ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލްކުރުމަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވުން.

 

 1. މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • އައިޔޫއެމް ހޯލްޑިންގްސް ކުންފުނީގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުން.
 • ކުންފުނީގެ ފައިސާގެ މުއާމަލާތުތައް ހިނގާނުހިނގާގޮތް ބަލައި، އެންމެހާ މުޢާސަލާތްތައް ހިނގަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކުގެ ތެރެއިންކަން ޔަގީންކުރުން.
 • ކުންފުނިން އަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްތަކަކީ ފައިސާގެ މުއާމަލާތުތަކަށް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކާއި އެއްގޮތަށް ކުރިއަށްދިއުމަށް ބާރުއަޅާ ކޮންޓްރޯލްތަކެއްކަން ޔަގީންކުރުން.
 • ކުންފުނީގެ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައްޔާރުކުރުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނެ ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުން.
 • ކުންފުނިން އޮޑިޓަރުންނަށް ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ފޯރުކޮށްދިނުމާއެކު، ކުންފުނިން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު ކުންފުނި ހިންގާފައިވާ ގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.
 • ކުންފުނީގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ބޯޑަށް  ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން.
 • ކުންފުނީގެ ފައިސާގެ މުއާމަލާތުތައް ކުންފުންޏަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ، މެނޭޖްމަންޓަށް ދިނުން.
 • ކުންފުނިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުން.
 • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުންފުނީގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުން.
 • މެނޭޖްމަންޓް ޑިސިޝަންތައް ނެގުމަށް ބޭނުންވާ ފައިނޭންޝަލް ފޯކާސްޓްތައް ތައްޔާރުކުރުމާއި، އެނަލެޓިކަލް ރިޕޯރޓްތައް ތައްޔާރުކުރުމާއި، އިންވެސްޓްމަންޓް އެޕްރެއިސަލްތައް ތައްޔާރުކުރުމާއި އަދި އިންވެސްޓްމަން ރިކޮމެންޑޭޝަންތައް އެކުލަވާލުން.
 • ކުންފުނީގެ ފައިނޭންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިނގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.
 • މާގާމާއި ގުޅިގެން ފައިނޭންސް ޑިޕާރޓްމަންޓްގެ މަސައްކަތްތަކުގެ ތެރެއިން މެނޭޖިންގ ޑިރެކްޓަރ ޙަވާލުކުރާ މަސައްކަތްތައް ކުރުން

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ނޯޓް:

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ jobs@iumholdings.com.mv އީމެއިލްއަށް  18 ފެބްރުއަރީ 2019 ދުވަހުގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3022161 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

11 ފެބުރުވަރީ 2019
ހޯދާ