ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށްޓަކައި ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށްޓަކައި ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު: (ILU)01MC/2018/01 (14 މޭ 2018) އިޢުލާނާގުޅިގެން ދެވުނު މަޢުލޫމާތު ޝީޓަށް ބައެއް ބަދަލުތައް ގެންނަންޖެހުމާގުޅިގެން އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތުދިނުން އޮންނާނީ 2019 ފެބުރުވަރީ 20 ވާ ބުދަދުވަހު 13:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ފެބްރުއަރީ 27 ވާ ބުދަ ދުވަހު 13:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.  

މި މަސައްކަތާގުޅޭ މަޢުލޫމާތު ޝީޓާއި، އަންދާސީހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުގެ "ނޯޓިސްބޯޑް" ބައިން ލިބެންހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ ލިޔުންތައް ވެބްސައިޓްގައި ޢާންމުކުރެވިފައިވާތީ އެ ލިޔުންތަކުގެ ހާޑްކޮޕީ ދޫކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.

މި މަސައްކަތާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، 17 ފެބްރުއަރީ 2019 ވަނަ 14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

06 ޖުމާދަލްއާޚިރާ 1440

11 ފެބުރުވަރީ 2019
ހޯދާ