މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ރައްޔިތުންގެ ވިފާރީގެ ތެޔޮޝެޑް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

`

 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

           އުނގޫފާރު، ދިވެހިރާއްޖެ                             ނަންބަރު: IUL)303-AS/2019/07 )          

އިޢުލާން

 މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ރައްޔިތުންގެ ވިފާރީގެ ތެޔޮޝެޑް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކައުންސިލްގެ ނަމްބަރ: (IUL)303-AS/2019/05  ( 16 ޖެނުވަރީ 2019 ) އިއުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތުގައި ބައެއް މައުލޫމާތު ހިމެނިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ފުރުޝަތު ހުޅުވާލަމެވެ.

މިކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ރައްޔިތުންގެ ވިޔަފާރީގެ ތެޔޮޝެޑް މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތާއި ގުޅޭ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 13 ފެބްރުވަރީ 2019 ވާ ބުދަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ.

ތެޔޮޝެޑް އިމާރާތްކޮށް ނިންމާ ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.

ތެޔޮޝެޑް އިމާރާތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.

އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ތެޔޮޝެޑް އިމާރާތް ކޮށްދިމުމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަފްލާހުގެ ނަމްބަރ 9553552 އަދި ރައްޔިތުންގެ ވިޔަފާރި ގޭގެ މެނޭޖަރ އިބްރާހިމް ޒަޔާންގެ ނަމްބަރ 7915615 ނަމްބަރާއި ގުޅުއްވުން އެދެމެވެ.

ތެޔޮޝެޑްގެ މަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ތެޔޮޝެޑް ހެދުމަށް ހުށަހަޅާ ޕްރަޕޯސަލް
  • މަސައްކަތު އަގު                                ( ހަތްދިހަ މާކުސް )
  • މުއްދަތު                                    ( ފަނަރަ މާކުސް )
  • ތަޖުރިބާ                                    ( ފަސް މާކުސް )
  • މާލީ ތަނަވަސްކަން                              ( ދިހަ މާކުސް )

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

01 ޖުމާދަލްޢާޙިރާ 1440

06 ފެބުރުވަރީ   2019

06 ފެބުރުވަރީ 2019
ހޯދާ