އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލްއިދާރާ މަރާމާތުކުރުން

މި އިދާރާ މަރާމާތުކުރުމުގެ މަސައްކަތްތައް މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ އެވެ.
މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2019 ފެބްރުއަރީ 13 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނީ، 2019 ފެބްރުއަރީ 25 ވާ ހޯމަ ދުވަހުގެ 13:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ އެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކުރައްވައި ސިޓީއަކާއެކު ބޭފުޅަކު ފޮނުއްވިދާނެ އެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ފެބުރުވަރީ 2019
ހޯދާ