ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ހއ. ހޯރަފުށި ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން އައިޓަމްސް، އަމިއްލަ ވެހިކަލް އާއި މީހުން ބޭނުން ކޮށްގެން ހއ. ހޯރަފުށީގައި މުދާ 1 އަހަރު ދުވަހަށް ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަންކުރި ޢިއުލާން (60-އޭޑީއެމް/353/2018 އަށް އެކަށިގެންވާ ތަރުހީބެއް ލިބި ފައި ނުވާތީ އަލުން ޢިއުލާން ކުރަމެވެ.

ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

ރަޖިސްޓަރީކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ފެބްރުއަރީ 12 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން އެސް.ޓީ.އޯ ހއ.ހޯރަފުށި ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ފެބްރުއަރީ 12 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ފެބްރުއަރީ 12 ވާ އަންގާރަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހއ.ހޯރަފުށި ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2019 ފެބްރުއަރީ 13 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 ފެބްރުއަރީ 14 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ފެބްރުއަރީ 19 ވާ އަންގާރަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ހއ.ހޯރަފުށީ ފިހާރައިގައެވެ.

 އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު:     3344262,3012656

ފެކުސް:  3344633

އީމެއިލް: [email protected]

05 ފެބުރުވަރީ 2019
ހޯދާ