މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

ކްރެޑިޓް އެނަލިސްޓް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެދަށުން ޤާއިމްކުރެވޭ އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ކްރެޑިޓް އެނަލިސްޓްގެ ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެޕްލިކޭޝަން ހުށައެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއާއިބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ. އަދި ޓާރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓްގެ ވެބްސައިޓުން ޑައުންލޯޑުކުރެއްވޭނެއެވެ.

ބޭނުންވާ އަދަދު: 3

ކުރިމަތިލުމުގެ ސުންގަޑި:  މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި ކޯޕަރޭޝަނަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް ”Application for Credit Analyst of SDFC“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3333143 ނުވަތަ 3333160 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 ފެބުރުވަރީ 2019
ހޯދާ