މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ ރެސްޓޯރެންޓް ހެދުމަށް ދޫކުރެވިފައިވާ 2 ބިމުގެ ސީ. އެސް. އާރު ގެގޮތުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންތަކާބެހޭ

އިޢުލާން

          ކެފޭ، ރެސްޓޯރަންޓް ހެދުމަށް މިރަށުގެ ބަނދަރުގެ ދެކުނުކޮޅާއި ދިމާލުން ދޫކޮށްފައިވާ 2 ބިމާއި ގުޅިގެން ސީ.އެސް.އާރު ގެ ގޮތުގައިކޮށް ދިނުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ ދާއިރާތަކުން ލޯންޗް ފެރީގައި މާލެ ދަތުރުކުރެވޭނެގޮތް ހަމަޖެއްސުމަށްޓަކައި، އެދާއިރާގައި ހިމެނޭ ފަރާތްތަކުން 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތަފްޞީލީ ލިއުންތަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

1-  ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް

2-  ލޭއަޅާ ކުދިން

3-  ޑަޔަލަސިސް ހަދާ ފަރާތްތައް

4-  ސިއްޙީ ދާއިރާއިން ތަޢުލީމް ޙާޞިލްކުރުމަށް މާލެ ދާ ފަރާތްތައް

   މިދާއިރާތަކަށް ދަތުރުކުރުމުގެ އެހީ ހަމަޖެއްސުމުގައި ބަލާނީ، ހުށަހަޅާ ލިއުންތަކަށް ބަލާ އިސްކަންދޭ ތަރުތީބުން އެންމެ ބޮޑަށް ބޭނުންވާނެކަމަށް ބެލެވޭ ފަރާތްތަކަށެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2019
ހޯދާ