މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޚިދުމަތް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ޤާނޫނީ ލަފާދިނުމަށް ލީގަލް ރިޓެއިނަރ އަކަށް ފުރުޞަތު ހުޅުވާލުން

މިމިނިސްޓްރީއަށް ޤާނޫނި ލިޔުންތައް ތައްޔާރު ކޮށްދިނުމާއި އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި މިމިނިސްޓްރީގެ މެންޑޭޓް ތަންފީޒުކުރުމުގައި ބޭނުންވާ ޤާނޫނީ ލަފާދިނުމާ އެކު ޤާނޫނީ ލިޔެކިޔުންތައް ތައްޔާރު ކޮށްދިނުމަށް ލޯ ފަރމެއްގެ ޙިދުމަތް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު މިއިޢުލާނާއެކު ހިމަނާފައިވާ "ރިކުއެސްޓް ފޮރ ޕްރޮޕޯސަލް" ގައި އެވަނީއެވެ. އަދި ރިކުއެސްޓް ފޮރ ޕްރޮޕޯސަލް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި 10 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނު މަގު) އަށެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް ޕްރޮޕޯސަލް ހުށަނާޅުއްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވަހާކަވެސް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ މަޢުލޫމާތު މި އިޢުލާނާއި އެކު އެޓޭޗްކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3333143 ނުވަތަ 3333160 ފޯނަށް ގުޅުއްވުން އެދެމެވެ.

03 ފެބުރުވަރީ 2019
ހޯދާ