އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އިޢުލާނު

 

އިޢުލާން

 

މުޙައްމަދު އަމީން ސްކޮލަރޝިޕް - 2019

 

     

މުޙައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލްގެ ރަންޔޫބިލް ޙަރަކާތާއި ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެދަށުން 1995 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ ސްކޫލެއްގެ ގްރޭޑް 7 ނިންމާ އަންހެން ދަރިވަރަކަށް (1 ޖާގަ) މިސްކޫލްގެ ގްރޭޑް 8 ން 10 ނިމެންދެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް އެކެވެ.

 

2019 ވަނައަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭފަރާތްތަކުން އެކަމަށްއެދި 2019 ފެބުރުއަރީ 11 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން މިސްކޫލަށް ސިޓީ ފޮނުއްވުންއެދެމެވެ. ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ސިޓީއާއެކު ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ އަސްލާއެކު ކޮޕީ އެއް އަދި 2018 ވަނައަހަރުގެ ސްކޫލް ރިޕޯޓްފޯމް ގެ އަސްލާ އެކު ކޮޕީއެއް(ގްރޭޑް 7 ގެ ފަހުޓާރމް) ހުށައަޅަންވާނެއެވެ.

ޝަރުތު

  1. 2018 ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން.
  2. 2018 ވަނައަހަރު މާލެ/ވިލިމާލެ/ހުޅުމާލެ ފިޔަވާ އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ނިންމި ކުއްޖަކަށްވުން.
  3. އަޙްލާޤް ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2018 ވަނައަހަރުގެ ފަހުޓާމްގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

 

ޝަރުތު ހަމަވާކުދިންގެ ލިސްޓެއް 2019 ފެބުރުއަރީ 12 ވާ އަންގާރަ ދުވަހުގެ 14.00 ގެ ފަހުން ސްކޫލް

ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. މިކުދިންނަށްދޭ އިމްތިޙާނު ތިރީގައިވާގޮތަށް މިސްކޫލްގައި އޮންނާނެއެވެ. މިއިމްތިޙާނުގެ ނަތީޖާ 2019 ފެބުރުއަރީ 17 ވާ އާދިއްތަ ދުވަހުގެ 1200 ގެ ފަހުން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

  • 2019 ފެބުރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 ގައި އިނގިރޭސި           (2 ގަޑިއިރު)
  • 2019 ފެބުރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00 ގައި ހިސާބު             (2 ގަޑިއިރު)

 

03 ފެބުރުއަރީ 2019

03 ފެބުރުވަރީ 2019
ހޯދާ