މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތް

އިޢުލާން

މި މިނިސްޓްރީގެ އިއުލާނު ނަންބަރު IUL)101-AF/1/2019/43) ބާތިލްކޮށް އަލުން އިއުލާނުކުރަމެވެ.

ހުރަވީ ބިލްޑިންގެ 3 ވަނަ ފަންގިފިލާއިން މިމިނިސްޓްރީއަށް ލިބިފައިވާ ޖާގަ ބައިކުރުމަށް ޕާޓިޝަން ޖެހުމާއި، ފާހާނައާއި ފަންގިފިލާގައި ހުރި މަރާމާތު ކުރަންޖެހޭ ތަންތަން މަރާތުކުރުމާއި، ފެން ލީކުވާ ތަންތަން މަރާމާތުކުރުމާއި، ކަރަންޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.

  ތަން ތާރީޚް ގަޑި
މަޢުލޫމާތު ސާފުކުރުން މީޓިންގް ރޫމް، 3 ވަނަ ފަންގިފިލާ ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު 3 ފެބްރުއަރީ 2019 (އާދިއްތަ) 11:00
އަންދާސީހިސާބު ހުށަހެޅުން މީޓިންގް ރޫމް، 3 ވަނަ ފަންގިފިލާ ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު 5 ފެބްރުއަރީ 2019 (އަންގާރަ) 11:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

30 ޖަނަވަރީ 2019
ހޯދާ