ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފަކު ބޭނުންވެއްޖެ.

މަސައްކަތު

މަޤާމް:

226937

މަޤާމުގެ ނަންބަރު:

1 އެކެއް

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް.އެސް 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެފިކޭޝަން:

ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

3100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ)

މުސާރަ:

1000.00 (އެއްހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

1200.00 (ބާރަސަތޭކަ ރުފިޔާ)

ސަޕޯޓިންގ ކޯރ އެލަވަންސް:

* ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

* ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

* ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

* ސިވިލް ސަރވިސް ޤަވާއިދުގައި ވާގޮތުގެ މަތިން އެހެނިހެން އެލަވަންސްތައް.

އިތުރު އިނާޔަތްތައް:

01- ކޮންމެ ދުވަހަކު ހެނދުނު ކައުންސިލްއިދާރާ ފޮޅާ ސާފްކުރުމާއި މޭޒުތަކާއި ގޮނޑިތައް ފޮޅާސާފްކުރުމާއި، ހަފްތާއަކު އެއްފަހަރު އޮފީސްތެރެ މޮޕްއަޅާ ސާފްކުރުން.

02- ކައުންސިލް އިދާރާގެ ފަންކާތަކާއި ހޮޅިބުރި،ބޮކި، ސީލިންގ ފަންކާތައް މަހަކު ދެފަހަރު ފޮޅާސާފްކުރުން.

03- ކައުންސިލް އިދާރާއިން އެކި ފަރާތްތަކަށް ރައްދުކުރުމަށް ޙަވާލުކުރެވޭ ލިޔެކިއުންތައް އަމާނާތްތެރި ކަމާއެކު ހަވާލުކުރުމާއި، އަދި ކައުންސިލް އިދާރާގެ ސިއްރުތައް ހިފެހެއްޓުން.

04- ކައުންސިލް އިދާރާގެ ފައިލްބަހައްޓާ ހަރުތަކާއި، ކޮމްޕިއުޓަރ ރެކްތަކާއި، ނޯޓިސްބޯޑް އަދި މިނޫނަސް ހިރަފުސް ހަރުލާފައި ހުންނަ މިފަދަ ތަންތަން ހަފްތާއަކު ދެދުވަހު ފޮޅާ ސާފްކުރުން.

05- ކޮމްޕިއުޓަރ ސިސްޓަމްތަކާއި ފޮޓޯކޮޕީ އަދި ފެކްސް މެޝިން ފަދަ ތަކެތި ދުވާލަކު އެއްފަހަރު ފޮޅާ ސާފްކުރުމާއި، ފޮޅާ ސާފްކުރުމުގައި ތަކެއްޗަށް ގެންލުން ނުވާނެފަދައިން ސާފްކުރުން.

06- މަހަކު އެއްފަހަރު ކައުންސިލް އިދާރާގެ ވަޅު ދިޔަހިއްކުން.

07- ކައުންސިލް އިދާރާގައިހުރި 02 ފާޚާނާ ސާފްކޮށް ބެލެހެއްޓުން.

08- ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން އިދާރާއަށް ޙާޟިރު ވުމަށްއެންގުން.

09- އިދާރާގެ ގޯތިތެރޭގައި ބަގީޗާ އިންދާ ބެލެހެއްޓުން.

  10- ކައުންސިލް  އިދާރާއާއި ރައްޔިތުންގެ ބޭނުންތަކަށް ކައުންސިލް އިދާރާއިން އިންތިޒާމުކުރާ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމާއިބެހޭގޮތުން ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތީން ހަމަޖެއްސުން.

11- ކައުންސިލް އިދާރާގެ ގޯތިތެރެއާއި އަދި ގޯއްޗާއި ގުޅިފައިވާ މަގުތަކާއި ބަގީޗާ ކޯރުތައް ހަފްތާއަކު ދެދުވަހު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.              

12- ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ކައުންސިލް އިދާރާއިން ހަމަޖައްސާ އުސޫލެއްގެ މަތީން ބައިވެރިވުން. 

13- ސަރުކާރުން ރަށަށް ވަޑައިގަންނަވާ ބޭފުޅުންގެ ލަގެޖް އުފުލުމުގައި އެހީތެރިވެދިނުން.           

14- ވާރޭފެން އެޅުމަށްޓަކައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބެހެއްޓިފައިވާ ވާރޭފެންއަޅާ ތާންގީތައް ސާފުކޮށް ފެންއަޅާ ބެލެހެއްޓުން.

15- ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތުގައި ބައިވެރިވުާއި އޮފީހުގެ މަސައްކަތްތަކުގައި ބައިވެރި ވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

16- ކައުންސިލްގެ މަޤްސަދު ޙާޞިލް ކުރުމަށްޓަކައި ކައުންސިލުން އަންގާ ގޮތެއްގެމަތީން މަސައްކަތްކުރުން.

17- ކައުންސިލުން ކަނޑައަޅާ މިނޫންވެސް މަސައްކަތްތައްކުރުން.

 

 

 

 

 

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ލިޔަންކިޔަން އެގުން.

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ލިޔަންކިޔަން އިނގޭކަމަށް ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުޠުތައް:

(1) ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

(2) ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

(3) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.

(4) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުން ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

(5) ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(6) ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސް ތަކާއި، ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

(7) ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

(8) މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައިވާ ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

(1) ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 

(2) މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

(3) ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ފެބުރުވަރީ 2019 ގެ 13.00 ގެ ކުރިން ބަނޑިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  އަދި ފެކްސް 6760662 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި، ސުންގަނޑި:

މި މަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 11 ފެބުރުވަރީ 2019 އާއި، 10 މާރިޗް 2019 އާއި ދެމެދު ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ސޯޓްލިސްޓް ކުރެވޭނެއެވެ.

ސޯޓް ލިސްޓްކުރުން:

މި މަޤާމާއި ގުޅިގެން އިތުރު މަޢުލޫމަތެއް ސާފްކުރައްވަން ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ނަންބަރު: 6760045 ފޯނަށް ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

29 ޖަނަވަރީ 2019
ހޯދާ