މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
26 – 27 ފެބްރުއަރީ 2019 އަށް ބާއްވާ ބިޒްނަސް ކޮންވެންޝަންގައި ބައިވެރިވުމަށް ހުޅުވާލުން

 ނަންބަރު: IUL) 101-BR/1/2019/44)   

އިޢުލާން 

 

26 – 27 ފެބްރުއަރީ 2019 އަށް ބާއްވާ ބިޒްނަސް ކޮންވެންޝަންގައި ބައިވެރިވުމަށް ހުޅުވާލުން

މިމިނިސްޓްރީން އިންތިޒާމްކޮށްގެން، 26-27 ފެބްރުއަރީ 2019 ގައި، ބިޒްނަސް ކޮންވެންޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންވެންޝަންއަކީ ވިޔަފާރި ކުރުމުގައި ދިމާވާދަތިތައް ސަރުކާރާއި ހިއްސާކޮށް، އެކަންކަމަށް ހޯދިދާނެ ހައްލުތައް މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ކޮންވެންޝަންއެކެވެ.

މި ކޮންވެންޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

 

އިތުރު ތަފްސީލް

  • ކޮންވެންޝަން ފެށުމަށް ހަމަޖެހިފައިވަނީ 26 ފެބްރުއަރީ ވާ އަންގާރަ ދުވަހުގެ ހެނދުނު 8:15 ގައެވެ.
  • ސެޝަންތަށް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އަކުން ހަވީރު 16:00 އަށެވެ.
  • އެކި ދާއިރާތަކުން ވިޔަފާރިއާއި ބެހޭ ކަރުދާސް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތް ތަކަށް އެފުރުސަތު ހުޅުވާލެވިފައި ވާނެ އެވެ.
  • ކަރުދާސް ހުށަހެޅުމުގައި އަމަލުކުރަންވީ އުސޫލު އިޢުލާންކޮށް އަދި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
  • ކޮންވެންޝަންގައި ބައިވެރިވުމަށް ޖާގަ ތަންދޭ މިންވަރަކުން ރަޖިސްޓްރީކޮށްދެވޭ ފަރާތްތަކަށް، 14 ފެބްރުއަރީ 2019 ގެ ކުރިން، އެކަން މި މިނިސްޓްރީއިން ވަކިވަކިން އަންގާނެއެވެ.    
  • ކޮންވެންޝަންގެ ޓެންޓަޓިވް އެޖެންޑާ މިމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އަދި ދަންނަވަމެވެ. ކޮންވެންޝަންގެ ނިމުން ފާހަގަ ކުރުމަށް 27 ފެބްރުއަރީ 2019 ވަނަ ދުވަހުގެރޭ، ހުރިހާ ބައިވެރިންނަށް ބާއްވާ ފަރީއްކުޅުއްވުމެއް އިންތިޒާމް ކުރެވިފައި އޮންނާނެއެވެ.  

 

ވީމާ، މިކޮންވެންޝަންގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެލައްވާނަމަ، ނަން، ދާއިމީ އެޑްރެސް، އަތޮޅާއި ރަށް، ވިޔަފާރި ކުރާ ފަރާތެއްނަމަ ވިޔަފާރި ނަން އަދި ފޯނު ނަންބަރު)، 6 ފެބްރުއަރީ 2019 ގެ 14.00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. އަދި މިކޮންވެންޝަންއާއި ބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ނަންބަރު 1691 އަށް ގުޅުމަށް ދަންނަވަމެވެ.

 

23 ޖުމާދަލްއާޚިރާ 1440

29 ޖަނަވަރީ 2019
ހޯދާ