ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: (އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ، ވަގުތީ)

ވަޒީފާގެ ފުރުޞަތު:             

މަޤާމް:                    އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ރޭންކް:                    ޖީ.އެސް 02

ކްލެސިފިކޭޝަން:              އޮފިސަރ ގްރޭޑް 01

އޮފީސް:                  ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ

ސެކްޝަން:                  ކޯޕަރޭޓް އެފެއަރޒް

ވަޒީފާ އަދާކުރަންޖެހޭތަން:         ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މުސާރަ:              4000.00 ރުފިޔާ 

ސަރވިސް އެލަވަންސް:          މަހަކު 1,500.00 ރުފިޔާ

ބޭނުންވާ ޢަދަދު:              01 (އެކެއް)

މުއްދަތު:                   03( ތިނެއް) މަސްދުވަސް

މަޤާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 02ގެ ސަނަދެއް ޙާޞިލްކޮށްފައި ވުން.

ނުވަތަ

2. ސާނަވީ ތައުލީމް ފުރިހަމަކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތު:

01    ކައުންސިލްގެ އިދާރާއަށް ބޭރުންލިބޭ ލިޔެކިއުންތަކާއި، ތަކެތި ބަލައިގަނެ އެތަކެތި ހުޅުވައި އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީ ކުރުމާއި، ކައުންސިލްގެ އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް މަސައްކަތު މުއައްޒަފުން މެދުވެރިކޮށް ފޮނުވުން.

02    ކައުންސިލްގެ އިދާރާގެ ލިޔެކިއުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވައިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިއުންތައް ބޭނުންވެއްޖެ ޙާލަތެއްގައި އެލިޔެކިއުމެއް ބޭނުންވާ ސެކްޝަނަކަށް ހޯދާ ޙަވާލުކުރުން.

03    ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތީގެ ސްޓޮކްހޯދައި، ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާގެ އިންވެންޓްރީ ލިޔެ ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

04    ކައުންސިލްގެ އިދާރާއަށް އަންނަ މެހުމާނުންނާއި، ބައްދަލުކުރަން އަންނަ ފަރާތާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ވޯކްޝޮޕްތަކާއި، ސެމިނާތަކާއި، ބައްދަލުވުންތަކާއި، ޖަލްސާތައް އިންތިޒާމްކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

05    ކައުންސިލްގެ އިދާރާގައި ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

06    އަދި މިނޫނަސް ކައުންސިލްގެ އިދާރާގެ ވެރިންނާއި، ޒިންމާދާރު ވެރިޔާ އަންގާ ޤާނޫނާއި، ޤަވާއިދާއި ޚިލާފުނުވާ އެންމެހާ އަމުރުތަކަށް ކިޔަމަންވެ ކައުންސިލްގެ އިދާރާގެ ތެރެއިންނާއި ބޭރުން ކައުންސިލްގެ އިދާރާއާއި ގުޅުންހުރި އެއްމެހައި ކަންކަމުގައި އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއްހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢްލީމާ ތަމްރީން
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި، ގާބިލްކަމާއި،ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

އިންޓަރވިއު، އަދި ޕްރެސެންޓޭޝަން އޮންނާނީ ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއު އޮންނާނެ ތާރީޚް އިންޓަރވިއުއަށް ހޮވުނުފަރާތްތަކަށް ތާރީޚްގެ 2 ދުވަސް ކުރިން އެންގޭނެއެވެ.

މަގާމަށް އެދެންވީގޮތާއި،ސުންގަޑި:

07 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެކުރިން ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާއަށެވެ.

 

އުޖޫރައާއި އިނާޔަތްތައް:

  1. އަސާސީ މުސާރަ (މަހަކު) 4000/-ރ (ހަތަރުހާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް (މަހަކު) 1500/-ރ ( ފަނަރަސަތޭކަ ރުފިޔާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް)

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800714 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6800714 އެވެ. އީމެއިލް ކުރަށްވާނީ [email protected]

29 ޖަނަވަރީ 2019

29 ޖަނަވަރީ 2019
ހޯދާ