ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފުޓްބޯޅަ ބޭސިކް ރެފްރީ ކޯސް

ފުޓްބޯޅަ ބޭސިކް ރެފްރީ ކޯސް

 

01 މާރިޗު 2019 އިން 10 މާރިޗު 2019 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ، ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 17 ފެބްރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކައުންޓަރަށް ފޯރމް ހުށަހެޅުން އެދެމެވެ. ފޯރމާއި އެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

މި  ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ލިބެން ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ 09:00 އިން 15:00 އަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ކައުންޓަރުންނެވެ.

 

  • މި ކޯހުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން  އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ބައިވެރިންގެ އަތުން ފީ އެއް ނުނަގާނެއެވެ. ނަމަވެސް އުމުރުން 25 އަހަރަށް ވުރެ މަތީ އުމުރުފުރާގެ ބައިވެރިންގެ އަތުން ފީ އެއްގެ ގޮތުގައި 1500 (ފަނަރަ ސަތޭކަ) ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
29 ޖަނަވަރީ 2019
ހޯދާ