ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސްރޫޢުގައި ހިމެނޭ ފެން ރައްކާކުރުމަށް ބެހެއްޓޭ 02 ތާނގީ ބެހެއްޓުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ބަދަލު ހަމަޖެއްސުމާއި ގުޅޭ.

އިޢުލާން

ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސްރޫޢުގައި ހިމެނޭ ފެން ރައްކާކުރުމަށް ބެހެއްޓޭ 02 ތާނގީ ބެހެއްޓުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ބަދަލު ހަމަޖެއްސުމާއި ގުޅޭ.

            ސުރުހީގައި ދެންނެވުނު މަސްރޫޢުގެ ދަށުން ބަނޑިދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 02 ފެން ތާނގީ ބެހެއްޓުމަށް ނިންމާފައިވަނީ ބަނޑިދޫ ފެނަކަ ބްރާންޗްގެ އިރުން ފްޓްބޯޅަ ދަނޑުގެ ދެކުނުން އޮތް ބިމުގައެވެ. މިދެންނެވި ބިމަށް އަރާގޮތަށްހުރި ރުއްގަހުގައި މިއިދާރާއިން ވާނީ 1 ން ފެށިގެން 21 އާއި ހަމައަށް ރީނދޫކުލައިން ނަންބަރުޖަހާފައެވެ. 

            މިދެންނެވި ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތުން 06 ފެބްރުއަރީ 2019 ގެ ކުރިން އެފަރާތުގެ ރުއްގަސްކަން ސާބިތުކުރުމަށްޓަކައި ސިޓީ ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސިޓީގައި ރުކުގެ ނަންބަރާއި، ސިޓީ ހުށަހަޅުއްވާ ފަރާތުގެ ރުއްގަސްކަމަށް ހެކިވާނެ 2 ފަރާތެއްގެ ނަން ސާފުކޮށް އެގެން އޮންނަންވާނެއެވެ.

            މަތީގައި ދެންނަވާފައިވާ ތާރީޚްގެ ނިޔަލަށް ސިޓީހުށަހަޅާފައިނުވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ބަލައި މައްސަލަ ނިންމާނެވާހަކަ ދަންނަވަމެވެ.

            ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            27 ޖަނަވަރީ 2019

27 ޖަނަވަރީ 2019
ހޯދާ