ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މަޤާމް :          އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ބާވަތް:       ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:  01 އަހަރު

ބޭނުންވާ ޢަދަދު :      01 (18 އަހަރު ފުރިފައި 55 އަހަރު ނުފުރޭ މީހެއް)

ރޭންކް :            ޖީ.އެސް 3

އޮފީސް/ އިދާރާ :      ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ސެކްޝަން / ޔުނިޓް :   މުނިސިޕަލް ސަރވިސް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ. ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ

ވަޒީފާގެ މަސައްކަތު ވަގުތު:

ހަފްތާއަކު 6 ދުވަހު

ހެނދުނު 07.00 ން 12.00 އަށް – މެންދުރުފަހު 13.00 ން 17.30 އަށް

މަޤާމުގެ ޝަރުޠުތައް:

1- ގްރޭޑް 7 ގެ ފެންވަރަށް ތަކެތި ދަތުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ތަކެތި ކިޔަން އެނގުން.

2- އިނގެރޭސި ބަހުން ވާހަކަ ދައްކަން އެނގުން.

3-  ކޮމްފިއުޓަރ އިން ޓައިޕްކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ.

  1. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކްޕަމިޓް އަދި އިންސުއަރެންސް މުއްދަތު ހަމަވޭތޯ ބަލައި އެތަކެތި އާކުރުން.
  2. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރާ ޝީޓް އާއި ހަޞިރީ ރިޕޯޓު ތައްޔާރުކޮށް ކުޑަހުވަދޫ ކައިންސިލް އިދާރާއަށް ފޮނުވުން.
  3. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ހަދަންޖެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ފޮނުވުން.
  4. ކުނި ފީ ބަލައިގަތުމާއި ލިބޭ ފައިސާ ދުވަހުން ދުވަހަށް ކައުންސިލް އިދާރާއާއި ހަވާލުކުރުން.
  5. ޔައުމިއްޔާ ލިޔުމާއި އިދާރީ އެންމެހާ މަސައްކަތްތައްކުރުން.
  6. ގޭބީސީތަކާއި ސެންޓަރުން ހަވާލުކޮށްފައިވާ ޑަސްޓްބިންތައް ހަލާކުވުމުން އެފާރާތަކާއި އައު ޑަސްޓްބިން ހަވާލުކުރުން.
  7. ބިދޭސީ މުވައްޒަފުން ގެ ބޭސަފްރުވާގެ ކަންތައްތައް ބެލެހެއްޓުން.
  8. ސުޕަވައިޒަރ ނެތް ހިނދެއްގައި ސުޕަވައިޒަރުގެ މަސްއުލިއްޔަތު އަދާކުރުން.
  9. ކުންޏާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
  10. އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށް ވުން.
  2. ކޮމްޕިއުޓަރުން ސިޓީ މެސެޖްފަދަ ތަކެތި ލިޔަން އެނގުން
  3. އިނގެރޭސިބަހުން ލިޔެ ވާހަކަ ދައްކަން އެނގުން.

އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ،މުއްދަތު:

     އިންޓަވިޔުއޮންނާނީ  2019 ފެބްރުއަރީ 07 ން ފެށިގެން ރަސްމީ 3 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

     2019 ފެބްރުއަރީ 05 ވާ އަންގާރަ  ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

އުޖޫރައާއި ޢިނާޔަތް ތައް :

އަސާސީ މުސާރަ:   މަހަކު 4465.00 ރުފިޔާ

އެލަވަންސް       އޮފީހަށް ނިކުންނަ ކޮންމެ ދުވަހަކަށް -/85

މީގެ އިތުރުންވެސް އިތުރު ގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ.   އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.

ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް 01 އަހަރުދުވަހުގެ  މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.

   މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ  6760522 / 6760667 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.

27 ޖަނަވަރީ 2019
ހޯދާ