ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލެޕްޓޮޕްތަކެއް ނީލަންކިޔުމާބެހޭ

މި ކޯޕަރޭޝަނުގައި ހުރި އެޕަލް ބްރޭންޑްގެ 3 ލެޕްޓޮޕް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

ތަފުސީލު

ނީލަން ފެށޭ އަގު

މަދުވެގެން އިތުރުކުރެވޭނެ އަގު

ސިޓީ ފޮނުއްވާނެ ތާރީޚު

ސިޓީ ފޮނުއްވާނެ ގަޑި

1 (އެކެއް) މެކްބުކް ޕްރޯ

9500 ރުފިޔާ

400 ރުފިޔާ

25 އޭޕްރީލް 2013  - އިން ފެށިގެން

9:00 އިން 15:00 އަށް

1 (އެކެއް) މެކްބުކް އެއަރ

12000 ރުފިޔާ

600 ރުފިޔާ

1 (އެކެއް) މެކްބުކް ޕްރޯ (core i5)

16000 ރުފިޔާ

800 ރުފިޔާ

މިލެޕްޓޮޕްތައް ބައްލަވާލެއްވުމަށާއި މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00ގެ ފަހުން މި ކޯޕަރޭޝަނުގެ ހެޑް އޮފީހުގެ ނޯޓިސް ބޯޑުން ފެނިވަޑައިގަންނަވާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގު ހުށަހެޅުއްވި ފަރާތަށް ނީލަން ނިމޭނެއެވެ.

އަގު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ހިމަނަން ޖެހޭ މަޢުލޫމާތު: އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި،  އައިޑީ ކާޑުގެ ކޮޕީ  އަދި ފޯނު ނަމްބަރު ހިމަނަންވާނެއެވެ.

އަގު ހުށަހަޅުއްވައި ސިޓީ ފޮނުއްވާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހަށެވެ.  އަގު ހުށަހަޅުއްވާއިރު ނީލަމުގެ ސެކިއުރިޓީގެ ގޮތުގައި -/1000 ރ. ގެ ޑިޕޮސިޓެއް ހުށަހަޅަން ވާނެއެވެ. ޑިޕޮސިޓް ހުށަނާޅުއްވާ ފަރާތްތަކުގެ ހުށަހެޅުން ކެންސަލް ވާނޭ ވާހަކަ ދަންނަވަމެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

15 ޖުމާދަލްއާޚިރާ 1434

25 އޭޕްރިލް 2013
ހޯދާ