މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިޒްނަސް ކޮންވެންޝަންގައި ފުޑް އެންޑް ބެވެރޭޖް ސްޓޯލްސް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ހުޅުވާލުން

ބިޒްނަސް ކޮންވެންޝަންގައި ފުޑް އެންޑް ބެވެރޭޖް ސްޓޯލްސް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ހުޅުވާލުން

ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މިމިނިސްޓްރީން އިންތިޒާމްކުރާ ބިޒްނަސް ކޮންވެންޝަން 26-27 ފެބްރުއަރީ 2019 ގައި ދަރުބާރުގޭގައި  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންވެންޝަން ހިންގުމަށް ހަމަޖެހިފައިވަނީ ހެންދުނު 09:00 އަކުން ހަވީރު 4:00 އަށެވެ. މިކޮންވެންޝަންގައި 150 އެއްހާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިކޮންވެންޝަން ހިގަމުންދާއިރު ރިފްރެޝްމަންޓްސް އަދި މެންދުރު ވަގުތުގެ ކެއުން އެތަނުގައި ވިއްކަން ބެހެއްޓުމަށްޓަކައި ކެފޭ އަދި ރެސްޓޯރަންޓް ހިންގާ 3 ފަރާތަކަށް ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  އެތަނުގައި ވިއްކުމަށް ބަހައްޓާނެ ކާބޯތަކެތީގެ ލިސްޓު، އަގު އަދި ތަން ފަރުމާކުރައްވާނެ ގޮތް ޕްރޮޕޯސަލް ގައި ހިމަނައި ހުށައެޅުން އެދެމެވެ. މި އިޢުލާނުގެ ސުންގަޑިއަކީ 3 ފެބްރުއަރީ 2019ގެ 12:00 އެވެ. ބީލަމަށް ހުށައަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އިކޮނޮމިކް މިނިސްޓްރީ، ބޮޑުތަކުރުފާނު މަގު ތިންވަނަ ފަންގިފިލާގައެވެ. ސުންގަޑީގެ ފަހުން ހުށައަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.

މާރކިންގ ކްރައިޓީރިއާ    ޖުމްލަ މާރކްސް 100

ހުށަހަޅާފައިވާ އަގު  60 މާރކްސް

- މިބަޔަށް މާރކްސް ދިނުމުގައި ބަލާނީ ބިޑް ހުށަހެޅި ފަރާތަކުން ހުށަހެޅުމުގައި ހިމަނާފައިވާ ކާބޯތަކެތި  މާކެޓުގައި މި ތަކެތި ވިއްކަމުންގެންދާ އަގަށް ރިޢާޔަތްކޮށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތައް އެންމެ ގިނަ މާރކްސް ލިބޭނެ ގޮތަށެވެ.

ތަޖްރިބާ  40 މާރކްސް

- މިމަސަކަތްކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތަޖްރިބާ އަށް މާރކްސް ދިނުމުގައި ބަލާނީ، ހުށަހަޅާފައިވާ ފަރާތްތަކުން ގުޅުން ހުރި ދާއިރާތަކުގެ މަސައްކަތަށެވެ. ގުޅުން ހުރި ދާއިރާކަމުގައި ބެލެވޭނީ ކެފޭ / ރެސްޓޯރަންޓް ހިންގުމާއި އެކު މިފަދަ އިވެންޓްތަކުގައި ކޭޓަރިންގް ކޮށްދީފައިވާ ފަރާތްތަކަށްށެވެ.  

ކަމާބެހޭ އިދާރާތަކުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުން ހުށައަޅަންވާނެއެވެ. މާރކްސް ދެވޭނީ ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް  އެންމެ ގުޅުންހުރި ލިޔުން ހުށަހަޅާ ފަރާތަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

24 ޖަނަވަރީ 2019
ހޯދާ