މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ ޕްރޮޖެކްޓް – އެކްސްޓަރނަލް އޮޑިޓް- 2018

ސަބާ ޕްރޮޖެކްޓް – އެކްސްޓަރނަލް އޮޑިޓް- 2018

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ ސަބާ ޕްރެޖެކްޓް (SABAH Project) ގެ އަހަރީ އެކްސްޓަރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރިންކުރި ނަންބަރު (IUL)101-AF/1/2019/2 ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އާންމުކޮށް އިޢުލާނު ކުރަމެވެ.

ވިމާ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 30 ޖަނަވަރީ 2019 ވާ ބުދަ  ދުވަހުގެ 110:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯއަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަން ބަލައިގަނެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން އެކަންޏެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ  04 ފެބްރުއަރީ  2019ވާ ހޯމަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯގައެވެ. އަދި 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

23 ޖަނަވަރީ 2019
ހޯދާ