ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހަދަން ގެނެސް ނުގެންގޮސް ހުރި ތަކެތި

ތިރީގައި މިވާ ލިސްޓަކީ އެސްޓީއޯ ސަރވިސް ސެންޓަރަށް ޑިސެމްބަރ 2017 އިން އޮކްޓޫބަރ 2018 ގެ ނިޔަލަށް ކަސްޓަމަރުން  މަރާމާތު ކުރަން  ގެނެސް، އަނބުރާ ނުގެންގޮސް މި ތަނުގައި ބެހެއްޓިފައިވާ ތަކެތީގެ ލިސްޓެވެ.

ވީމާ، މި ލިސްޓުގައިވާ ތަކެތި އޭގެ ވެރިފަރާތުން 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެސް.ޓީ.އޯ ސަރވިސް ސެންޓަރަށް ދުރުވެ ތަކެއްޗާ ޙަވާލުވެލެއްވުން އެދެމެވެ. މި ތާރީހުގެ ފަހުން ނުގެންދަވާ ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން  ނައްތައިލެވޭނެ ވާހަކަ ދެންނެވީމެވެ.

މި ތަކެއްޗާ ޙަވާލުވެލެއްވުމަށް ދުރުވާއިރު އެސްޓީއޯ ސަރވިސް ސެންޓަރއިން ދޫކޮށްފައިވާ ސަރވިސް މެމޯ / ސްލިޕްކޮޅު ގެންނެވުން އެދެމެވެ. އަދި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3012494 ނުވަތަ 3012495 އާ ގުޅުއްވުން އެދެމެވެ.

22 ޖަނަވަރީ 2019
ހޯދާ