އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ލިފްޓް މަރާމާތުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ ދެ ލިފްޓް ގެ މެއިންޓަންސް ކަންތަށް ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

 މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖެނުއަރީ  22 އިން 2019  ޖެނުއަރީ  28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 28 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

 

ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 30 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

16 ޖުމާދިލްއޫލާ 1440

22 ޖަނަވަރީ 2019
ހޯދާ