ދިވެހިރާއްޖެ
ނަންބަރު: IUL)101-BR/1/2019/35) |
އިޢްލާން
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް ކަނޑައެޅުމާބެހޭ
ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން، 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް މާލެ އަދި ވިލިނގިލީގައި އެދެވޭނެ ސަރަހައްދުތައް ތިރީގައިއެވަނީއެވެ.
|
|
ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން، މިސަރަޙައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިމިނިސްޓްރީގެ ސަރވިސް ސެންޓަރަށެވެ. 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ.
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ.
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގައެވެ.
24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެއެވެ.
މިއިޢްލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ކޯލް ސެންޓަރ 1691 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
15 ޖުމާދަލްއޫލާ 1440
|