ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއްއަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯ ހެޑް އޮފީސް ބޭރު ދޮވެ ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ޖެނުވަރީ 28 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ޖެނުވަރީ 28 ވާ ހޯމަ ދުވަސް   ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ޖެނުވަރީ 28 ވާ ހޯމަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2019 ޖެނުވަރީ 29 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި، 2019 ޖެނުވަރީ 30 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ޖެނުވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:3344180، 3344295  

ފެކުސް:3344633

އީމެއިލް:[email protected]

22 ޖަނަވަރީ 2019
ހޯދާ