މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޚިދުމަތުގެ ޓޯކަންދޫކުރާ ގަޑިއަށް ބަދަލު ގެނައުން

 

      ނަންބަރު:  (IUL)101-BR/1/2019/33  

                                                   

އިޢްލާން

ޚިދުމަތުގެ ޓޯކަންދޫކުރާ ގަޑިއަށް ބަދަލު ގެނައުން

 

21 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުން ފެށިގެން މިމިނިސްޓްރީގެ ކައުންޓަރުންދޭ ޚިދުމަތްތަކަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނެސް، ތިރީގައިވާ ގޮތަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.

  1. ޓޯކަން ނަންބަރު ދޫކުރާ ގަޑި: ހެނދުނު 8:00 އިން މެންދުރު 12:30 އަށް.
  2. ޓޯކަން ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި: ހެނދުނު 8.00 އިން މެންދުރު 2:00 އަށް.

މިގޮތަށް ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނެވުނުކަމުގައިވިޔަސް މިނިސްޓްރީގެ 'ކްލަޔަންޓް ޗަރޓަރ' އަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

‏ ‏14‏ ޖުމާދަލްއޫލާ‏ 1440

  ‏20‏ ޖަނަވަރީ‏ 2019

 

20 ޖަނަވަރީ 2019
ހޯދާ