ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މި ޑިޕާޓްމަންޓްގެ ނަންބަރު:198-A/2018/77(09 ސެޕްޓެންބަރު 2018) އިޢުލާނުން "ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198-A/2019/7

ތާރީޚް:   20 ޖަނަވަރީ 2019

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް:   އީ.އެކްސް 3

ޢަދަދު

1

ސެކްޝަން: ޝަރީޢާ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

11,065/- ރުފިޔާ

އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: 5532.50 (އަސާސީ މުސާރައިގެ %50)

-          ސަރވިސް އެލަވަންސް: 2,000/-

-          ލިވިންގ އެލަވަންސް: -/3,000

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

 

 

1- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު،މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،EX 2  ގެރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،ނުވަތަ

2-   މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު،MS 4 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި، 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

·    ޝަރުޢީ ސެކްޝަނަށް ލިބޭ ލިޔެކިޔުންތަކަށް ޤަވާޢިދުން ފިޔަވަޅު އެޅުމަށްޓަކައި ކަމާގުޅޭ މުވައްޒަފުންނާ ޙަވާލުކޮށް،ޤަވާޢިދުން ފިޔަވަޅު އަޅާތޯ ބަލެމާއި،އަދި ސެކްޝަންގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.

· ކޮންމެ ހަފްތާއަކު ކޯޓުތަކުން ގެނެވޭ ސްޓެޓިސްޓިކްސް ރިޕޯޓްތައް ބަލައި މޮނިޓަރކޮށް،ޕެންޑިންގ މައްސަލަތައް ގިނަވެފައި ހުންނަ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސް ކުރުމަށްޓަކައި ދާއިރާ އިސްމެޖިސްޓްރޭޓުންނާ މަޝްވަރާކޮށް،އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

·   މެޖިސްޓްރޭޓުންގެ ހަފްތާގެ ޙާޟިރީ ރިޕޯޓް ޤަވާޢިދުން މޮނިޓަރކުރުމާއި،ކަނޑައެޅިފައިވާ މިންވަރަށްވުރެ ޕަރފޯމެންސް ދަށް ތަންތަން ބަލައި އެކަން ހިނގާފައިވާ ގޮތެއް އިދާރީ ގޮތުން ބެލުން.

·  ރަމަޟާން މަހާއި،ޝައްވާލުމަހުގެ ހަނދު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސާ އެކަންތައް ހިނގަމުންދާ ގޮތް މޮނިޓަރކުރުން.

·       މެޖިސްޓްރޭޓް ކޯޓުތަކުގައި ބޭނުންކުރާ ޝަރުޢީ ފޯމްތަކާއި އަދިވެސް އެހެނިހެން ފޯމްތަކަށް ގެންނަންޖެހޭ ބަދަލުތައް ބެލުމަށްޓަކައި ދިރާސާކޮށް އެފޯމުތައް އިސްލާހުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް،ފޯމުތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން. 

·   މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމަމުންދާ މިންވަރުބަލާ އޭގެތެރެއިން އެބޭފުޅުންނަށް ބެލުން ދަތި ނުވަތަ ތަނާޒުލުވާ މައްސަލަތަކާއި އަދި،ކޯޓުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކާ ޝަރުޢީ ވަފުދެއް ފޮނުވަން ފެންނަ ޙާލަތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން.

·   މެޖިސްޓްރޭޓް ކޯޓުތަކުން އަގުކުރަންޖެހޭ ތަންތަން އަގުކުރުމަށް އެރަށަކުން ކޮމެޓީއެއް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުމާއި،އަދި އަގުކުރުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ޤަވާއިދުން މޮނީޓަރ ކުރަމުން ދިއުން. 

·      މެޖިސްޓްރޭޓް ކޯޓުތަކުން ކުރެވޭ ޙުކުމް ތަކުގެ ތެރެއިން ހައްދުޖަހަންޖެހޭ މައްސަލަތަކުގައި ހައްދުޖަހާނެ މީހަކު އެރަށަކުން ނުލިބޭ ޙާލަތެއްގައި އެހުކުމް ތަންފީޛު ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮށް އެކަމުގައި އެއްބާރުލުން ދިނުން.

·    ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެންނާއި،މިނޫން ގޮތްގޮތުން ވެސް ހުށަހަޅާ އިދާރީ ޝަކުވާ ބަލާ އެޅެން އޮތް ފިޔަވަޅެއް އަޅައިދިނުން.

· ހޮވައިގެން ގެނެސް މެޖިސްޓްރޭޓް ކޯޓުތަކާ ޙަވާލުކުރެވޭ ތަކެތީގެ ތެރެއިން ގިނަދުވަސްވެ،ހަވާލުވާނެ ފަރާތެއް ނެތް ތަކެތި ނީލަންކިއުމަށްޓަކައި މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

·     މެޖިސްޓްރޭޓް ކޯޓުތަކުގައި ބޭނުންކުރާ ފޮތްތައް ކޮމްޕިއުޓަރައިޒް ކުރުމަށްޓަކާ ބޭނުންކުރެވޭނެ ޓެމްޕްލޭޓުތައް ޑިޒައިންކޮށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.

·   ސެކްޝަނުން ދުވަހުން ދުވަހަށް ލިޔަންޖެހޭ ޔައުމިއްޔާ ލިޔެ ޤަވާއިދުން އަޕްޑޭޓް ކުރަމުންދޭތޯ ބެލުން.

·      ޑީޖޭއޭ ގެ އެކިއެކި ކޮމިޓީތަކަށް ބޭނުންވާ އިރުޝާދާއި، ލަފާ ދިނުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1-   ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2-   ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-  މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6-   އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

·   2019 ޖަނަވަރީ 28 ވާ ހޯމަ ދުވަހުގެ 13:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

·  މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުންފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

·   މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006281

· ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

· އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެއުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަނަށް ބެލުމަށްފަހުގައެވެ.  މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

·         ލިބިފައިވާ ތައުލީމް: 40 ޕަސެންޓް

·         މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓް

·         އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް: 40 ޕަސެންޓް

·         ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި،  ޕަރފޯމެންސަށް: 12 ޕަސެންޓް

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

·         ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.

· ރާއްޖެތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

·   ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ޓީމެއް ގޮވައިގެން އުޅުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން.

·      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ ސީނިއަރ ލެވެލްގެ މަޤާމެއްގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

·        ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާސިލުކުރައްވާފައިވާ ފަރާތަކަށްވުން.

· އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

· ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.

·   މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

·   ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އަދި ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކާއި، އުޞޫލުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

·  އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

·  ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

       

 

 

20 ޖަނަވަރީ 2019
ހޯދާ