ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއިގުޅޭ

މި އިޢުލާންވަނީ 29 ޖަނަވަރީ 2019 2014 ގައި ބާތިލް ކުރެވިފައެވެ.


2019 ވަނަ އަހަރު ވަންދޫގެ އިޖުތިމާއީ ސަރަހައްދު ކޮންޓްރެކްޓް އުސޫލުން ސާފުކޮށްބަލަހައްޓައިދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2019 ވަނަ ދުވަހު 11:00 އަށް ވަންދޫ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖަނަވަރީ 2019 ވަނަ ދުވަހު 11:00 އަށް މިއިދާރައަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                           މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމަތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ފޯނާގުޅުއްވުންއެދެމެވެ.

                        ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

17 ޖަނަވަރީ 2019
ހޯދާ