ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު ވައިޓް ބިލްޑިންގްގެ ފިހާރަ ނަމްބަރ 1 ކުއްޔަށް ދޫކުރުން

ޅ.ނައިފަރު ވައިޓް ބިލްޑިންގްގައި ހުޅަނގުމަގަށާއި އިފްތިތާޙީމަގަށް އިންކޮށް ގްރައުންޑް ފްލޯރގައި ހަދާފައިވާ ފިހާރަ ނަމްބަރ 1 ތަރައްޤީކޮށް ހިންގުމަށްޓަކައި ފަހެއް (5) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ބޭފުޅުން ނައިފަރު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ފޯމް ވިއްކުން

16 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 9:00 އިން ފެށިގެން 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓްސް ގަންނަން ލިބޭނެއެވެ. ބިޑް ޑޮކިއުމެންޓްސް ވިއްކާނީ ދެންނެވިފައިވާ ތާރީޚުން ފެށިގެން ކޮންމެ ދުވަހެއްގެވެސް 9:00 އިން 12:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއިންނެވެ.

 ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ޑޮކިއުމެންޓްސް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

ބިޑް ފޯރމެއް ޑޮކިއުމެންޓްސް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

ޅ. ނައިފަރު ވައިޓް ބިލްޑިންގްގެ ފިހާރަ ނަމްބަރ 1 ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް އޮންނާނީ 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގް އަށް ވަޑައިގަންނަވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނަވަން ވާނެއެވެ. ބިޑް ޑޮކިއުމެންޓްސް ބައްލަވައި ގަންނަވާ ބޭފުޅުންގެތެރެއިން ޕްރީ ބިޑް މީޓިންގްއަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބިޑް އޯޕެން މީޓިންގްގައި ބައިވެރިވެވޭނެއެވެ.

 

ބިޑް އޯޕަން މީޓިންގް

ބިޑް ޑޮކިއުމެންޓްސް ބައްލަވައިގަނެފައިވާ ފަރާތްތަކުން، ބިޑްހުށަހަޅާ ފޯރމް ފުރިހަމަކޮށް ހުށަހެޅުން އޮންނާނީ 27 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ.

ވީމާ، ބިޑް ފޯމް ބައްލަވާގަންނަވާ ބޭފުޅުން، ބިޑް ހުށަހަޅާ ފޯމް ފުރިހަމަކޮށް ހުށައެޅުމަށްޓަކައި 27 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00އަށް ނައިފަރު ކައުންސިލްގެ އިދާރާއަށް ހާޒިރުވެދެއެވުން އެދެމެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

15 ޖަނަވަރީ 2019
ހޯދާ