ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި އުޞޫލުން ފައިބަރު ދޯނި ބަނުމަށް ވަގުތީގޮތުން ހަރުގެވަޅު ދޫކުރުމާއި ގުޅޭ.

މިރަށު ބަނދަރުގެ ދެކުނުފަރާތުން '100 × '50 ގެ ދެ ހަރުގެވަޅު، އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް ދޫކުރާގޮތަށް މިކައުންސިލްގެ ފަރާތުން ވަނީ ނިންމާފައެވެ.   ކުލީގެ ގޮތުގައި އެންމެ ދަށްވެގެން ހުށަހެޅޭނީ މަހަކު އަކަފޫޓަކަށް 0.75ރ (ހަތްދިހަފަސްލާރީގެ) ރޭޓުންނެވެ.  އަދި އެންމެ ކުޑަކޮށް ހަރުގެވަޅު ހޯދުމަށް އެދެވޭނީ '100 × '33 ގެ ބޮޑިމިނުގައެވެ.

            މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ފެބުރުއަރީ 2019 ވަނަދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން، ހަރުގެވަޅު ކުއްޔަށް ނަގަން ބޭނުންވާ އަގު އެގޭނޭ ގޮތަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްދިނުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 ގައި މިކައުންސިލްގައި އޮންނާނެއެވެ. ހުށަހަޅާ ސިޓީތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި މަތީގައި ދެންނެވިފައިވާ ތާރީޚާއި ގަޑީގައެވެ.   

            ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

16 ޖަނަވަރީ 2019
ހޯދާ