ދިވެހިރާއްޖެ
މި ސްކޫލުގެ ކެންޓީނު، ކުރިއަށްއޮތް 2 އަހަރު ދުވަހަށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި، ނަންބަރ AS-B/IU/2019/03 (8 ޖެނުއަރީ 2019) އިއުލާނަށް އަންދާސީ ހިސާބު ހުށައެޅުމަށް ހާޟިރުވީ އެއް ފާރާތުން ކަމަށް ވާތީ އެ އިޢލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖެނުއަރީ 17 އިން 2019 ޖެނުއަރީ 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓު ނުކުރާ ފަރާތަކަށް ބިޑް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖެނުއަރީ 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބިޑް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އަމީނިއްޔާ ސްކޫލް
ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3325762، 3323247
ކޮޕީ އީ-މެއިލް: [email protected]
11 ޖުމާދިލްއުލާ 1440