މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފްކޮށް ދޭނެ ފާރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ          

         އުނގޫފާރު، ދިވެހިރާއްޖެ                            ނަންބަރު: IUL)303-AS/2019/03)           

އިޢުލާން

 

މިރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފްކޮށް ދޭނެ ފާރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

       މިރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފްކުރުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 22ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. އިޖުތިމާޢީ ސަރަހައްދު ކުނިކަހައި ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 ޖަނަވަރީ 2019 އާދިއްތަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު  އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފްކޮށް ދިނުމަށް އެދި " މިހެންލިޔެފައި  އޮންނަންވާނެއެވެ. އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި ، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރު ގައި އޮންނަން ވާނެއެވެ. 

އިތުރު މަޢުލޫމާތު ސާފްކުރުމަށް ރަސްމީގަޑީގައި އޮފީހުގެ ނަމްބަރ:6580118 ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ އިޖުތިމާޢީ ސަރަހައްދު ކުނިކަހައި ދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް ( ނުވަދިހަ މާކުސް )

މާލީތަނަވަސްކަމަށް: ( ދިހަ މާކުސް )

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           08  ޖުމާދަލް އޫލާ  1440     

           14   ޖަނަވަރީ     2019  

14 ޖަނަވަރީ 2019
ހޯދާ