މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާ އިންޖީނުގޭ ޕެނަލްބޯޑު ހުރިތަން ބަދަލު ކުރުން

އިޢްލާން

          ކ.ހުރާ ރައްޔިތުންގެ އިންޖީނުގޭގެ ޕެނަލް ބޯޑު ހުރި ތަން ބަދަލުކުރުން.

    ކ.ހުރާ ރައްޔިތުންގެ އިންޖީނުގޭގެ ޕެނަލް ބޯޑު މިހާރު ހުރި ތަނުން ނަގާ ކައުންސިލުން އަންގާ ތަނެއްގައި ބެހެއްޓުމަށްފަހު ޕެނަލް ބޯޑަށް

ގުޅަންޖެހޭ ކޭބަލްތައް ގުޅައި ކޮމްޕްލީޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް

ފަހު، 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު

ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް

ގުޅުއްވާނީ 7993018 ނުވަތަ 6640074 ނަންބަރ ފޯނަށެވެ.

   ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                08 ޖުމާދުލްއޫލާ 1440 ހ

                14  ޖަނަވަރީ  2019 މ

14 ޖަނަވަރީ 2019
ހޯދާ