ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހައުސްކީޕަރ (ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު:2018/03

ތާރީޚް:31 ޑިސެންބަރު 2018

މަޤާމު

ހައުސްކީޕަރ (ދާއިމީ)

ރޭންކް

އެސް.އެސް 1

ޢަދަދު

01 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/3,1000 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/775 ރުފިޔާ (މުސާރައިގެ %25)

- ސަރވިސް އެލަވަންސް: -/1,000 ރުފިޔާ 

- ލިވިންގ އެލަވަންސް: -/2,550 ރުފިޔާ      

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-  ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. އޮފީހުގެ އެތެރެއާއި ބޭރު ކުނިކަހާ ސާފުކުރުން / ބާއިމާރާތް ހިމެނޭ ޞަރަހައްދުގެ މަގުމަތީގައިވާ ވިނަ ނޮޅާ ސާފްކުރުން
  2. ފާޚާނާތައް ސާފުކުރުން.
  3. މުޅިއިމާރާތުގެ އެތެރޭގެ ހުރިހާ ކާޕެޓްތައް ސާފުކުރާއިރު އަދި މުށިޖަހާފައިވާ ސަރައްހައްދުގައި މޮޕް އަޅާ ދޮވެ ސާފުކުރުން.
  4. ކޯޓުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި ތައްޔާރުކުރުން.
  5. ސައިކޮޓަރީގައި ހިފާ ގެންގުޅޭ ހުރިހާ ތަކެއްޗެއް ސާފުތާހިރުކޮށް ބެލެހެއްޓުން. މިނޫނަސް އޮފީހުގެ މޭޒުތައްމަތީ ގެންގުޅޭ ތަށިފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ސާފުކުރުން.
  6. ރުއްގަސް ކޮށާ ސާފްކުރުން.
  7. ސައިތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، މިނޫނަސް އޮފީހުން ޚަރަދުކޮށް ގަންނަންޖެހޭ ތަކެތި ގެނެދުނުމުގައި އެހީތެރިވުން.
  8. އޮފީހުން އަންގާ ގޮތެއްގެ މަތީން ނުރަސްމީ ގަޑީގައި އޮފީސް ބެލެހެއްޓުމަށްޓަކައި ޑިއުޓީއަށް ހާޟިރުވުން. 
  9. ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް އަމާނާތްތެރިކަމާއިއެކު ރައްދުކުރަންޖެހޭ ތަރީޚުގައި ރައްދުކުރަންޖެހޭ ގަޑިއަށް ރައްދުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1-  ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-  ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-  ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއުލިޔަތު އެނގޭގޮތަށް)

ސުންގަޑި

 

10 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މަޤަމަށް މީހަކު ހޮވުމުގައި އިސްކަންދޭނެކަންތައް.

  • މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން އިންޓަވިއުގައި، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން ސާބިތުކޮށްދެވޭނެ މިންވަރެއްގެ މައްޗަށް އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފާރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތްތަކަށާއި ސ.ހުޅުދޫގައި ދިރިއުޅޭ ފަރާތްތަކަށް.

އިތުރު މަޢުލޫމާތު

 

 

  • މިއީ މިކޯޓުގައި ހުސްވެފައިވާ ހައުސްކީޕާރގެ މަޤާމަށް މީހަކު ހޯދުމަށް މިކޯޓުން ކުރެވުނު ނަންބަރ 02/2018 (24 އޮކްޓޯބަރ 2018) އިޢުލާން ބާޠިލްކުރެވިފައިވާކަން ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމްބަރ 198-A/2018/1089 (23 ޑިސެމްބަރ 2018 ) މެސެޖުން އަންގަވާފައިވާތީ އެއިޢުލާން ބާޠިލްކޮށް ކުރެވޭ އިޢުލާނެކެވެ.
  • މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
31 ޑިސެންބަރު 2018
ހޯދާ