ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިއުލާން

    މަޤާމް:                   އެސިސްޓެންޓް ލައިބްރޭރިއަން 

   މަޤާމް ނަމްބަރ:                J232637

   ބޭނުންވާ އަދަދު:                01 (އެކެއް )

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން :              އޮފިސަރ ގްރޭޑް 1 

   މުސާރަ :                    -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

   ސަޕޯރޓިންގ ކޯ އެލަވެންސް:        -/700 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              ލ.އަތޮޅު ތަޢުލީމީ މަރުކަޒު

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ލ.އަތޮޅު ތަޢުލީމީ މަރުކަޒު

   ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1-                  ލައިބްރަރީއިން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތްދޫކުރުން

2-                  ލައިބްރަރީގައިފޮތްތައް އަތުރަން ޖެހޭގޮތަށް އަތުރާ ތަރުތީބުކުރުން

3-                  ހަލާކުވާ ފޮތްތައް ހެއްދުން

4-                  ލައިބްރަރީގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން

5-                  ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭ ފޮތްތައް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުން

6-                  އަލަށް ލިބޭފޮތްތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުން

7-                  ފޮތްކިޔުމަށް ދަރިވަރުން ޝައުގުވެރިކުރުވުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން

8-                  ލައިބްރަރީއަކީ ދަރިވަރުން ޝައުގުވެރިވާފަދަ ތަނެއްގެ ގޮތުގައި ބެހެއްޓުން

9-               ތަޢުލީމީ ދާއިރާ ޙަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިންނާއި ސްކޫލުންކުރާ ކަންތަކުގައި ބައިވެރިވެ، އެއްބާރުލުން      ދިނުން

ޝަރުތު: 

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި  ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

     

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

80

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

40

40

ޖުމްލަ

230

100

100

އިންޓަރވިއު ކުރުން

  މިމަޤާމަށް މީހަކު ހޮވުން ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޙާއި ގަޑި އިޢުލާން މުއްދަތު ހަމަވާތާ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2019 ޖަނަވަރީ 13 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއިއެކު މަތީގައި ދެންނެވިފައިވާ ލިޔުންތައް މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

 

   މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ 6800013 ނަމްބަރާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

02 ޖަނަވަރީ 2019
ހޯދާ