މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީންގޭގައި ހުރި ކަމިންސް ޖަނަރޭޓަރ މޭޖަރ އޯވަރހޯލް ކުރުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ          

         އުނގޫފާރު، ދިވެހިރާއްޖެ                                    ނަންބަރު: IUL)303-AS/2018/61)           

އިޢުލާން

މިކައުންސިލުން ހިންގަމުންދާ އުނގޫފާރު ރައްޔިތުންގެ އިންޖީންގޭގައި ހުރި ކަމިންސް ޖަނަރޭޓަރ މޭޖަރ އޯވަރހޯލް ކުރުމަށް ބޭނުންވެއްޖެއެވެ.

                          މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގޭގައި ހުރި ކަމިންސް ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކުރުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 10 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި މިއިދާރާގައެވެ. ޔޫއެސް ކަމިންސް ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކުރުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 16 ޖެނުއަރީ 2019 ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކޮށްދި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު  ކައުންސިލުން ހިންގާ ރައްޔިތުންގެ އިންޖީންގޭގައި ހުރި ޔޫއެސް ކަމިންސް ޖަނަރޭޓަރ މޭޖަރ އޯވަރހޯލް ކުރުމަށް  އެދި  "  މިހެންލިޔެފައި  އޮންނަންވާނެއެވެ.  

އަދި މީގެ އިިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި ، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

 އިތުރު މަޢުލޫމާތު  ސާފުކުރެއްވުމަށް ރަސްމީގަޑީގައި އިންޖީންގޭގެ މެނޭޖަރ އަޙްމަދު އަބްދުއްސަކޫރުގެ ފޯން ނަމްބަރ: 9998591 ގުޅުއްވުން އެދެމެވެ. ތިރީގައި އެވަނީ ޖަނަރޭޓަރގެ މޮޑެލް ނަމްބަރ:  (QSX15-G8)ސީރިއަލް ނަމްބަރ: (79510655)އެވެ.

ތިރީގައި އެވަނީ ރައްޔިތުންގެ އިންޖީންގޭގައި ހުރި ޔޫއެސް ކަމިސް ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކުރުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް     ( ހަތްދިހަ މާކުސް )

މުއްދަތައް:       ( ދިހަ މާކުސް )

މާލީތަނަވަސްކަމަށް:  ( ދިހަ މާކުސް )

ވޮރެންޓީއަށް      ( ދިހަ މާކުސް )

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           24  ރަބީޢުލް އާޙިރު  1440     

           31   ޑިސެމްބަރ    2018  

31 ޑިސެންބަރު 2018
ހޯދާ