މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ލޭންޑިންގް ކްރާފްޓްއެއް ޑިޒައިންކޮށް، މެނުފެކްޗަރކޮށް އަދި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. ދިވެހި ސަރުކާރަށް ވޯލްޑް ބޭންކް ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓްގެ ދަށުން ލޭންޑިންގް ކްރާފްޓްއެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން ލޭންޑިންގް ކްރާފްޓްއެއް ޑިޒައިންކޮށް، މެނުފެކްޗަރކޮށް އަދި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

3. ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރު (ސަތޭކަ އެމެރިކާ ޑޮލަރު) ގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2 ޖަނަވަރީ 2019 އިން 6 ފެބުރުވަރީ 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް މިމިނިސްޓްރީ އިންނެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ވޯލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.ޕީ.އެފް ބޮރޮވަރސް" (ޖުލައި 2016) {ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް} އުޞޫލުންނެވެ. ވީމާ،މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޕްރޮކިޔުމަންޓް ރެގުލޭޝަންގައިވާ ޝަރުޠުހަމަވާ ފަރާތް ތަކަށް ހުޅުވާލަމެވެ.

5. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 7,500.00 ޑޮލަރު (ހަތް ހާސް ފަސްސަތޭކަ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރެއްގެ ދިވެހި ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

6. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2019 ޖަނަވަރީ 15 ވާ އަންގާރަ ދުވަހުގެ 10:00 ގައި، މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ޖެނަވަރީ 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : 3349106،3349104

އީމެއިލް: [email protected]

ކޮޕީ : [email protected]

30 ޑިސެންބަރު 2018
ހޯދާ