ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ހިންގާ ޢިމާރާތުގައި ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ހިންގާ ޢިމާރާތުގައި ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމާބެހޭ

ޖުޑީޝަލް އެކަޑަމީ ހިންގަމުންދާ އިމާރާތުގެ ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  މިޑިޕާޓްމަންޓުގެ ނަންބަރު 198F/2018/122 ޢިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ އެ ޢިއުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުގެ ނޯޓިސް ބޯޑުން ލިބެން ހުންނާނެއެވެ.

މިކަމަށް ޝައުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެންބަރު 30 ވަނަ ދުވަހުގެ 11:00 އަށް ވިލިމާލޭގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވިލިމާލެގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 02 ޖެނުއަރީ 2019

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

18 ރަބިއުލްއާޚިރު  1440

25 ޑިސެންބަރު 2018
ހޯދާ