މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓު އޮފިސަރ

މަޤާމް :ޕްރޮޖެކްޓު އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ތިރީގައި މިދަންނަވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމު

ޕްރޮޖެކްޓު އޮފިސަރ

މަޤާމުގެ ނަންބަރު:

J-249274

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 01

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޥަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ

މުސާރަ

-/5610 ރުފިޔާ (މަހަކު)

ސަރވިސް އެލަވަސް

-/2000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  4. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ (މަހަކު).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖެ، އަންދާސީހިސާބު، ބިލް، ފަދަތަކެތި ބަލައިގަތުމާއި ސެކްޝަނުގެ އެންޓްރީ ބެލެހެއްޓުން.

2-      ކައުންސިލްގެ އިދާރާގެ ފަރާތުން ހިންގުމަށް ރާވާ ޕްރޮޖެކްޓުތަކުގެ ކުރެހުންތަކާއި އަންދާސީ ހިސާބުތަކުގެ އެންމެހާ މަސައްކަތް ކުރުން.

3-      ރަށުތަރައްޤީއަށް ސަރުކާރާއި އެހެނިހެން ފަރާތްތަކުން ރާވާ ހިންގާ މަޝްރޫޢުތަކަށް ލަފާދިނުމާއި ސަރުކާރުގެ ނުވަތަ ބޭރުގެ ނުވަތަ ރާއްޖޭގެ ޖަމްޢިއްޔާ ތަކާއި ކުންފުނިތަކުގެ ބޭނުންތަކުގައި ރަށަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުން، އަދި ކައުންސިލަށް އާމްދަނީ ލިބޭނެ މަގުތަކަކީ ކޮބައިތޯބަލައި އެފަދަ މަޝްރޫޢުތައް ކައުންސިލްގެ މަޝްވަރާގެ މަތިން ރާވާ ހިންގައި ބެލެހެއްޓުން.

4-      ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށުތަރައްޤީގެ  ޕްލޭނަށް ބިނާކޮށް ކުރިޔަށް އިތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރު ކުރުމާއި ފޮނުވުން.

5-      އީދުކުޅިވަރު ސްޓޭޖް އެޅުމުގެ އެއްމެހާ ކަންތައްތައް ބެލެހެއްޓުމާއި ޢީދުކުޅިވަރު ޕްރޮގްރާމްތައް ރާވައި ހިންގުން.

6-      ބޯޅަދަނޑު ފެންސު ޖަހައި މަރާމާތުކޮށް ބެލެހެއްޓުމާއި މުއައްސަސާ ތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތް ރާވައި ހިންގުން.

7-      ޞިއްހީ ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާތަކެއް ހިންގުމާއި މަދިރި ކޮންޓްރޯލްކުރުމަށްޓަކައި ރަށުގެ ހޭޅިފަށް ސާފުކުރުމާއި  މަދިރި ނައްތާލުމަށް ޓަކައި ރައްޔިތުންނާއި ގުޅިގެން ޕްރޮގްރާމްތަކެއް ރާވައި ހިންގުން.

8-      އާބާދުވާ ސަރަހައްދުގެ މަގުހެދުމުގެ މަޝްރޫޢުތައް ހިންގުމާއި ވާރޭވެހުމުގެ ސަބަބުން ރަށުގެ މަގުތަކުގައި ވަރަށްބޮޑަށް ފެންބޮޑުވާތީ އާއި ރަށުގެ މަގުތަކުގައި ޗަކަހެދިފައިވާތީވެ، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގައި ދަންނަވައިގެން ރަށުގެ މަގުތައް ރަގަޅުފެންވަރަކަށް ހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުން.

9-      ރަށުގެ ބޯފެނާއި ނަރުދަމާގެ މަޝްރޫޢު ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގައި ދަންނަވައިގެން ރަށުގެ ބޯފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރުން.

10-  ރަށުގައި ފިކްނިކް އޭރިޔާ އަކާއި ބާބުކިއު އޭރިޔާއެއް ތަރައްޤީކޮށް ބެލެހެއްޓުމާއި، ކުނިކޮއްޓެއް އެޅުމުގެ އެއްމެހާ ކަންކަން ބެލެހެއްޓުމާއި ކުނި މެނޭޖުކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.

11-  ބަނދަރުގެ ބޭރުތޮށި ޖެހުމަށްޓަކައި ކުރަންޖެހޭ އެއްމެހައި ކަންތައްތައް ރާވައި ހިންގުން، ބަނދަރަށް ވެލި ފައިބަމުންދާތީވެ، ބަނދަރު ކައިރީގައި ހެދިފައިވާ ވަޅުގަޑުތަކަށް ވެލިއަޅައި ބިންގަނޑު އެއްވަރުކުރުމާއި ބަންދަރަށް ވެލިފައިބާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއަށް ދަންނަވައިގެން އެމަސައްކަތް ކުރުން، އަދި ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން.

12-  ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމަތައް ރާވައި ހިންގުން.

13-  ރައްގިރާ ސަރަހައްދު ހިމަޔަތްކުރުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ތަކާއި މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ރައްގިރުންހުއްޓުވުމަށްޓަކައި ކުރިޔަށްގެންދެވިދާނެ މަޝްރޫޢުތަކަކީ ކޮބައިތޯބަލައި  އެކަންކަން ތަންފީޒު ކުރުން.

14-  ކައުންސިލް އިދާރާ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1-      ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖުމަންޓް، ޕްރޮޖެކްޓު މެނޭޖްމަންޓް، ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލެވޭ ބައިތައް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ކެޓެގަރީރެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

65

35

40

މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިހާން

ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަވިއު/ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

 

230

100

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

-          މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު   އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 09 ޖެނުއަރީ 2019 އާއި 30 ޖެނުއަރީ 2019 އާއި ދެމެދު މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6600007 ނަންބަރު ފޯނަށެވެ. އީމެއިލް ކުރައްވާނީ    [email protected] އަށެވެ.

24 ޑިސެންބަރު 2018
ހޯދާ