ކެންދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު މީހަކު ހޯދުމަށް

GS132/2018/23

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް: މަސައްކަތު

މަޤާމުގެ ނަމްބަރ؛

ބޭނުންވާ އަދަދު: 1 ( އެކެއް )

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް : އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގުރޭޑް 1

ވަޒީފާ އޮތް އޮފީސް: ކެންދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކެންދޫ ސްކޫލް / ބ. ކެންދޫ

މުސާރައާއި -/3100ރ

ސާރވިސް އެލަވަންސް : -/1000ރ

އެހެނިހެން އެލަވަންސް : ސަޕޯޓިންގ ކޯ އެލަވަންސް 1؛ -/1200 ރުފިޔާ ( މަހަކު )

އިތުރު ޢިނާޔަތްތައް:

1-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް؛

1-       ސްކޫލް ގޯތިތެރެއާއި ސްކޫލްގެ ވަށައިގެންވާ މަގުތައްކުނިކަހާ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.

2-      ޙަވާލުކުރެވިފައިވާ ކުލާސްރޫމްތަކާއި އޮފީސް ، ސްޓާފްރޫމް ، ސުޕަރވައިޒަރ ރޫމް ،އައި.ޓީ ރޫމް ، ލައިބްރަރީ ، އަދި އޭވީ ރޫމް ، ކޮންމެ ދުވަހަކު ސެޝަން ނިމުމުން ފޮޅާސާފުކޮށް މޮޕްޖަހާ ސާފުކުރުން. އަދި ހަފްތާއަކު އެއްފަހަރު ޙަވާލުކުރެވޭ ތަންތަނުގެ ދޮރާއި ދޮރުފަތްތަކާއި ފަންކާތަށް ސާފުކޮށް ބެލެހެއްޓުން.

3-      ކޮންމެ ދުވަހަކު ސެޝަންތެރޭގައި ކުދިންގެ ފާޚާނާތަށް ސާފުކޮށް ބެލެހެއްޓުމާއި ފާހާނާއަށް އަންނަ ކުޑަކުދިންނަށް އެހީތެރިވުން  އަދި ސެޝަން ނިމުމުން ފާޚާނަތަށް ރަނގަޅަށް ސާފުކުރުން.

4-      ސްކޫލްގެ ގޯތިތެރޭގައިތިބި ހިޔާދޭ ބޮޑެތިގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން ، އަދި އިމާރާތްތަކުގެ ދިޔަދޮވިތަށް ކޮންމެމަހަކު 1 ފަހަރު ސާފުކުރުމާއިއެކު ސްކޫލްގައި ބެހެއްޓިފައި ހުންނަ ބޯފެންތާނގިތައް ސާފުކޮށް ބަލަހައްޓައި ވާރޭވެހޭއިރު ދިޔަދޮވިތައް ސާފުކޮށް ތާނގިތަކަށް ސާފުވާރޭފެން ނެގުމުގެ މަސައްކަތް ކުރުން.

5-      ކުނިނަގާ މީހުނަށްދަތި ނުވާނެހެން ގޯތިތެރެއިން ނަގާ ކުނި އެއްތަނަކަށް ޖަމާކޮށް ، ގޯތޮތެރެ ހަޑިނުވާނެހެން ބެލެހެއްޓުމާއިއެކު ކްލާސްރޫމް ތަކުގެ ކުނިވަށިގަނޑުތައް ކޮންމެ ދުވަހަކު އިންޓަވަލްގަޑީގައި ހުސްކުރުން. އަދި ސެޝަން ނިމުމުން ހުރިހާ ޑަސްޕިންތަށް ހުސްކޮށް ކުނިބަހައްޓާ ސަރަހައްދަށް ޖަމާކުރުން.

6-      ސްކޫގައި ބާއްވާ އެކިއެކި ޖަލްސާތަކަށާއި ، ހިންގާ އެކިއެކި ހަރަކާތްތަކަށް ތައްޔާރު ކުރަންޖެހޭ ހޯލްފަދަތަންތަން (މެނޭޖްމަންޓުން އަންގާ ގޮތެއްގެ މަތިން) ތައްޔާރުކުރުން، އަދި ސްކޫލްގެ ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލް ތައްޔާރު ކުރުމުގެ ގޮތުން ހަވާލު ކުރެވޭ މަސައްކަތްތައް ފަރުވާތެރި ކަމާއެކު ވަގުތަށް ނިންމުން.

7-      ސްކޫލްގެ ޢިމާރާތަށް ނުވަތަ އެއްޗަކަށް އެއްވެސް މީހަކު ގެއްލުމެއްދޭތަން ފެނިއްޖެނަމަ ވަގުތުން ސްކޫލްގެ އިސްވެރިންނަށް އެކަން އެންގުން.

 

މަޤާމުގެ ޝަރުތުތައް :

 

1. ލިޔަންކިޔަން އެގުން.

ނޯޓް؛ ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-       ފުރިހަމަ ކޯށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2-       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3-      ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

4-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5-        ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ :

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ .

(ށ) މަތީ ތަޢުލީމް ދޭ، ރާއްގޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ . ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުންމުގެ ކޮޕީ .

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތެއްގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ .

8-      މަސްއްކަތު ތަޖުރިބާގެ ލިޔުން ތަކުގެ ކޮޕީ .

(ހ) ގައުލަތުގެ މުއައްސަސާއެގައި ނުވަތަ ސަރުކާރުހިއްސާވާ ކުންފުންޏެއްގައި ވަޒފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އޮފީހުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

- ތަޢްލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

-  ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤް.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

 

އިންޓަވިއު ކުރުން:

 

ހ. މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ 03 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހު ކެންދޫ ސްކޫލުގައެވެ.

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކެންދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2018 ޑިސެމްބަރ 31 ވަނަ ދުވަހުގެ 12.00 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6600315 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

            މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 03 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހު ކެންދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

          މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 

35%

އިތުރު މަޢުލޫމާތު ހޯދުން:

             މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600315 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

 

 16 ރަބީޢުލް އާޚިރު 1440ހ

23 ޑިސެމްބަރ 2018 މ

23 ޑިސެންބަރު 2018
ހޯދާ