މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ކުނިކޮށި ނަރުދަމާގެ އިރުމަތިން 20 ފޫޓް މަގެއް ހެދުމާއި ގުޅޭ

`

                              

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                      ނަންބަރު IUL)303-A /303/2018/58)

 

އިޢުލާން

 މިރަށު ކުނިކޮށި ނަރުދަމާގެ އިރުމަތިން 20 ފޫޓް މަގެއް ހެދުމާއި ގުޅޭ  

 

               މިރަށު ކުނިކޮއްޓާއި ނަރުދަމާގެ އިރުމަތިން 20 ފޫޓް މަގެއް ހެދުމަށް ބޭނުންވާތީ އެމަގަށް އަރާފައިވާ ރުއްގަސް ނޫކުލައިން ފާހަގަ ކުރެވިފައި ވާނެއެވެ. ރުއްގަހުގެ ވެރިއަކު ވާނަމަ 25 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ރުއްގަހުގައި ވެރިފަރާތް އެގޭނެހެން ފާހަގަކޮށް ކައުންސިލަށް އަންގަން ވާނެއެވެ. ތިރީގައި އެވަނީ މަގަށް އަރާ ރުއްގަހުގެ މައުލޫމާތެވެ.

06 ގަސްދިއްގާ

01  ކާނި

01 ހިރުނދު

01 ދުނބުރި

03 ރުއް ކުރުއްޕަތް

01 ރުއް ފޯދުނު މެދު

              ވީމަމިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

              11  ރަބީޢުލްއާޙިރު 1440

              18  ޑިސެމްބަރ  2018

 

                                        އަބްދުންނާޞިރު ޢަލީ

                                         ( ކައުންސިލްގެ ރައީސް )

18 ޑިސެންބަރު 2018
ހޯދާ