މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ބަނދަރުގެ ދެކުނު ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރުމަށް ހާއްސަކުރެވިފައިވާ ބިމުން 1500 އަކަފޫޓްގެ 3 ބިން އެންމެ ރަގަޅު އަގު ހުށަހަޅާ ފަރާތަކަށް 10 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

`

    މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ                                                                  

އުނގޫފާރު، ދިވެހިރާއްޖެ                                  ނަންބަރު:  IUL)303-AS/303/2018/57)

 

އިޢުލާން

 

 މިރަށު ބަނދަރުގެ ދެކުނު ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރުމަށް ހާއްސަކުރެވިފައިވާ ބިމުން 1500 އަކަފޫޓްގެ 3 ބިން އެންމެ ރަގަޅު އަގު ހުށަހަޅާ ފަރާތަކަށް 10 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.  

 

          އުނގޫފާރުގައި ތެލުގެ ވިޔަފާރި ކުރާފާރާތް ތަކަށް އެކަށީގެންވާ މާހައުލެއްގައި ރައްކައުތެރިކަމާއެކު ދެމެހެއްޓެނިވިގޮތެއްގައި ތެލުގެ ވިޔަފާރި ކުރުމަށް ފުރުސަތު ހުޅުވާލުމަށް މިކައުންސިލުން ނިންމައިފީމެއެވެ. މިގޮތުން  ކައުންސިލުން ވަނީ އުނގޫފާރު ބަނދަރުގެ ދެކުނުފަރާތުން 3 ބިމެއް ތެލުގެ ވިޔަފާރިއަށް ކަނޑައަޅާ 1500 (ފަނަރަ ސަތޭކަ) އަކަފޫޓުގެ 3 ބިމެއް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ.

ތެލުގެ ވިޔަފާރި އަކީ ކަނޑައެޅިފައިވާ ވަކިއުސޫލެއްގެ ތެރެއިން ވަކިމިންގަޑެއްގައި ހިފެހެއްޓިގެން ކުރުމަށް ހުއްދަދެވޭ ވިޔަފާރިއަކަށްވާތީ މިކައުންސިލުންވެސް މިދަނީ އެންމެންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި މިމިންގަނޑަށް އަމަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކައުންސިލުން ނިންމައިފައިވާ ގޮތުގެމަތިން އުނގޫފާރުން ތެލުގެ ވިޔަފާރިއަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ދޫކޮށް އެބިންތައް ތަރައްޤީ ކުރުމަށްދެވޭ މުއްދަތަށްފަހު، ކަނޑައެޅިފައިވާ ސަރަހައްދު ފިޔަވައި އެހެން ތަނެއްގައި ތެލުގެވިޔަފާރި އުނގޫފާރުގައި ކުރުމަށް ހުއްދަނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

          ވީމާ އުނގޫފާރުގައި ތެލުގެ ވިޔަފާރި ކުރައްވަމުންދާ ފަރާތްތަކުންނާއި އެއްމެހައި ރައްޔިތުން މިކަމަށް ސަމާލުކަންދެއްވައި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށާއި އެންމެންގެ ސަލާމަތާއި ރައްކައުތެރިކަމަށް ކައުންސިލުން ނިންމާ މިފަދަ ނިންމުންތަކަށާއި ކުރަމުންގެންދާ މިފަދަ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުންއެދެމެވެ.

ތެލުގެ ވިޔަފާރި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތަކަށް މިކަމުގެ މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 01:30 ގައި މިއިދާރާގައެވެ.

ތެލުގެ ވިޔަފާރި ކުރުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 01:30 ގައި މިއިދާރާގައެވެ.

ތެލުގެ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.

އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕްރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ކައުންސިލުން ތެލުގެ ވިޔަފާރިއަށް ދޫކުރާބިމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަފްލާހުގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.

ޕްރޮޕޯސަލްއަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ތެޔޮޝެޑް ހެދުމަށް ހުށަހަޅާ ޕްރަޕޯސަލް

  i.      ބިމުކުލި (އަކަފޫޓަކަށް މަހަކު)                ( ހަތްދިހަ މާކުސް )                                 

  ii.      ޝެޑްގެ ފެންވަރު                      ( ފަނަރަ މާކުސް )                         

  iii.      މާލީތަނަވަސް ކަމަށް                    ( ދިހަ މާކުސް )                        

  iv.      ތެޔޮޝެޑް އިމާރާތްކޮށް ނިންމުމަށް ހުށަހަޅާ މުއްދަތައް  ( ފަސް މާކުސް )             

ވީމަމިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10  ރަބީޢުލްއާޙިރު 1440

17  ޑިސެމްބަރ  2018

 

 

 

 

                                         އަބްދުންނާޞިރު ޢަލީ

                                         ( ކައުންސިލްގެ ރައީސް )

17 ޑިސެންބަރު 2018
ހޯދާ