ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ހިންގާ ޢިމާރާތުގައި ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ހިންގާ ޢިމާރާތުގައި ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުގެ ނޯޓިސް ބޯޑުން ލިބެން ހުންނާނެއެވެ.

މިކަމަށް ޝައުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 20 ދުވަހު 2018 ވަނަ ދުވަހުގެ 11.00 އަށް ވިލިމާލެގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވިލިމާލެގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

 އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 25 ޑިސެމްބަރ 2018

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

10 ރަބިއުލްއާޚިރު  1439

17 ޑިސެންބަރު 2018
ހޯދާ