ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިޑިޕާޓްމަންޓުގެ ތިރީގައި ދެންނެވިފައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު 198F/2018/114 އިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓްގައި ތަޖުރިބާ އަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ފާހަގަ ކުރެވިފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2018 ޑިސެމްބަރ 19 ވާ ބުދަ  ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006249 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް  އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

- ޑްރަގް ކޯޓް

- ފެމިލީ ކޯޓް / ވަރި ކައިވެނި ސެކްޝަން

- ސިވިލް ކޯޓް / ހުޅުމާލެ ޑިވިޝަން

- ޖުޑީޝަލް އެކެޑެމީ / ވިލިމާލެ

 މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ރަބިޢުލްއާޚިރު   1440

16 ޑިސެންބަރު 2018
ހޯދާ